twitterviber whatsapp telegramfacebookyoutube instagram
5th August 2026

އެމްއެންޑީއެފްގެ ޕައިލެޓުން ފުރަތަމަ ފަހަރަށް ޑޯނިއާ މަތިންދާ ބޯޓު ދުއްވަން ފަށައިފި

ޚަދީޖާ އާދަމް
Nov 9, 2021

ޑޯނިއާ މަތިންދާ ބޯޓު ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޕައިލެޓުން ދުއްވަން ފަށައިފިއެވެ. ޑޯނިއާ އެއާކްރާފްޓްތަކަކީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އިންޑިޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އެއާކްރާފްޓް ތަކެކެވެ.

ޑޯނިއާ ދުއްވުމަށް 2017 ވަނަ އަހަރުން ފެށިގެން ދިވެހި ޕައިލެޓުން ދަނީ ތަމްރީނު ކުރަމުންނެވެ. ސިފައިންގެ މޭޖާ ޖެނަރަލް އަބްދުالله ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އެމްއެންޑީއެފްގެ ޕައިލެޓުން ފުރަތަމަ ފަހަރަށް ޑޯނިއާ އެއާކްރާފްޓް ދުއްވަން ފަށާފައިވާ ކަމަށާއި އެއީ ތާރީހީ ކަމެއް ކަމަށެވެ.

މިއަދު ޑޯނިއާ އެއާކްރާފްޓް ދުއްވަން ފެށި ދެ ޕައިލެޓުންނަކީ ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފާއި ލެފްޓިނެންޓް އަހްމަދު އަލީ އެވެ. އެމްއެންޑީއެފުން ބުނީ, އަސްކަރީ އުޅަނދެއް ދުއްވޭނީ އޮފިސަރުންނަށް އެކަނި ކަމަށާއި އެހެން ކަމުން ޑޯނިއާ އެއާކްރާފްޓް ދުއްވުމަށް އޮފިސަރު ޓްރެއިނިންގެ އިތުރުން އެއާފޯސް ތަމްރީން ހެދުމަށް ޖުމްލަ ތިން އަހަރު ހޭދަކުރަން ޖެހޭ ކަމަށެވެ.

ޑޯނިއާ އެއާކްރާފްޓް ފުރަތަމަ ފަހަރަށް ދިވެހި ޕައިލެޓުން ދުއްވި ނަމަވެސް ހެލިކޮޕްޓަރުތައް ދުއްވަނީ އަދިވެސް އިންޑިއާ ސިފައިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355