twitterviber whatsapp telegramfacebookyoutube instagram
13th June 2026

އިންޑިއާ ހޮސްޕިޓަލެއްގައި ރޯވެ ހަތަރު ތުއްތު ކުއްޖަކު މަރުވެއްޖެ

ނަބީލާ އިސްމާޢީލް
Nov 9, 2021

އިންޑިއާގެ ބޯޕަލްގައި ހުންނަ ކަމްލާ ނެހްރޫ ޗިލްޑްރަން ހޮސްޕިޓަލްގެ ނިއުބޯން ކެއާ ޔުނިޓްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހާސްވެގެން އަލަށް އުފަންވި ހަތަރު ތުއްތު ކުއްޖަކު މަރުވެއްޖެއެެވެ.

ރޭގެ ވަގުތެއްގައި ހިނގި ހާދިސާގައި އެ ވަގުތު އެވޯޑްގައި 40 ތުއްތު ކުއްޖަކު އޮތްއިރު އޭގެ ތެރެއިން ހަތަރު ކުއްޖަކު ވަނީ މަރުވެފަ އެވެ. އަލީފާން ނިވަން މަސައްކަތްކުރި ފަޔާފައިޓާރުންނަށް ސަލާމަތް ކުރެވިފައިވަނީ 36 ކުދިންކަމަށް ހަބަރުތަކުގައިވަނީ ރިޕޯޓް ކޮށްފަ އެވެ.

އެ ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ ބަރުދަން ހަމަނުވާތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ ކުދިންނެވެ. އެ ކުދިން ފަހުން އެހެން ވޯޑަކަށް ވަނީ ބަަދަލުކޮށްފައެވެ. އަދި މާގިނަ އިރުތަކެއް ނުވެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާގައި ބައެއް ކުދިންނަށް ދުމުގެ އަސަރުކޮށްފައިވާތީ ފަރުވާ ދޭން ޖެހުނެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އޮފިޝަލުން އައިއޭއެންއެސްއަށް މައުލޫމާތު ދެމުން ބުނީ، އެ މީހުންނަށް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓެއް ލިބުނީ ރޭ 21:00 ހާއިރު ކަމަށެވެ. އަދި އެ ސަރަހައްދަށް 12 ފަޔާ ފައިޓިންގ އިންޖީންތައް ގެންގޮސްފައިވާ ކަަމަށް ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355