twitterviber whatsapp telegramfacebookyoutube instagram
20th August 2026

ކޮވިޑުގައި ދެ މަހުގެ ކުއްޖަކު ނިޔާވެއްޖެ

Nov 10, 2021

ކޮވިޑު ޖެހިގެން ފަރުވާދެމުން ދިޔަ ދެ މަހުގެ ތުއްތު ކުއްޖަކު މިއަދު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މަރުވެފައިވަނީ ދެ މަހުގެ ފިރިހެން ކުއްޖެކެވެ. މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާ އެވެ.

އެ ކުއްޖާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެނިކޮށް، މެންދުރުފަހު 12:15 ހާއިރެވެ.

މިދިޔަ މަހު ތިން މަހުގެ ކުއްޖަކު ކޮވިޑް ޖެހިގެން ނިޔާވި ކަމަށް ގދ. ތިނަދޫގައި ހުންނަ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ރިޕޯޓުކުރި އެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަހުން ވަނީ އެއީ ކޮވިޑު މަރެއް ނޫން ކަމަށް އަންގާފަ އެވެ.

އެ ބަލީގައި މިހާތަނަށް ރާއްޖޭން 246 މީހުން ވަނީ މަރުވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355