twitterviber whatsapp telegramfacebookyoutube instagram
4th June 2025

"ޕްރިޓަރމް ކެއާރ ޕެކޭޖް" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ކޭއާރުއެޗުގައި ކުރިއަށް ގެންގޮސްފި

ޚަދީޖާ އާދަމް
Nov 10, 2021

ހެލްތް ޕްރޮޓެކްޝަން އޭޖޭންސީ އާއި ޔުނިސެފްއާއި ގުޅިގެން "ޕްރިޓާރމް ކެއާރ ޕެކޭޖް" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ކުރިއަށް ގެންގޮސްފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ ރާއްޖޭގައި އުފަންވާ ކުދިންނާއި ދުވަސް ނުފުރާ ވިހާ ކުދިންނަށް ދެވޭ ސިއްހީ ފަރުވާއާއި ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަގަޅުކޮށް ހަރުދަނާ ކުރުމުގެ މައްޗަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މައުލޫމާތު ދިނީ އައިޖީއެމްއެޗުގެ ކޮންސަލްޓެންޓް އިން ޕީޑިއެޓްރިކުސް ޑރ އަހުމަދު ފައިސަލްއާއި، އައިޖީއެމްއެޗުގެ މެޑިކަލް އޮފިސަލް ޑރ އާސިމާ އަހުމަދާއި އައިޖީއެމްއެޗުގެ ސީނިޔަރ ރަޖިސްޓާރޑް ނާސް ޝަމްސިއްޔާ ހަސަންގެ އިތުރުން އެޗްޕީއޭގެ ސީނިއަރ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ އަބްދުﷲ މުއާޒް އާދަމް އެވެ.

މި ޕްރޮގްރާމުގައި އެންއައިސީޔޫއާއި އޮޕަރޭޝަން ތިއޭޓަރުގައި ހަރަކާތްތެރިވާ ނަރުހުން ހިމެނޭހެން 15 ނަރުހުންނާއި މެޑިކަލް އޮފިޝަލަކު ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355