twitterviber whatsapp telegramfacebookyoutube instagram
6th July 2025

ތަޖަކިސްތާނަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭގޮތް ހަމަޖައްސައިފި

ނަބީލާ އިސްމާޢީލް
Nov 11, 2021

ތަޖިކިސްތާނަށް ދަތުރުކުރާ ދިވެހީންނަށް އަންނަ އަހަރުން ފެށިގެން އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.

އޮން އެރައިވަލް ވިސާ ދިވެހީންނަށް ލިބޭ ގޮތް ހަމަޖައްސައި ދެއްވުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ތަޖިކިސްތާނުގެ ހާރިޖީ ވަޒީރު ސިރާޖުއްދީން މުހްރިއްދީން އަށް ޝުކުރު އަދާކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ އޮން އެރައިވަލް ވިސާ ދޭން ނިންމި ނިންމުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާނެ ކަމަށެވެ. އެގޮތުން ސަގާފީ ގުޅުންތަކުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ތަޖަކިސްތާނަކީ ދިވެހީން އެކި ބޭނުންތަކަށް ދަތުރުކުރާ ގައުމެކެވެ. އާންމު ގޮތެއްގައި އެންމެ ގިނައިން ދިވެހީން އެ ގައުމަށް ދަނީ ކިޔެވުމުގެ ބޭނުމުގައެވެ. އަދި ސަގާފީ ކަންކަން ތަޖުރިބާކޮށްލުމުގެ ބޭނުމުގައެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ރަޝިޔާ، މޮރޮކޯ، ތައިލެންޑް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވެ އެވެ. އަދި އިންޑިއާ، ސްރީލަންކާ އަދި ސަޢޫދީއަށް ދަތުރުކުރުމުގައި އިތުރު ފަސޭހަތަކެއް ވަނީ ހަމަޖެހިފައެވެ.

އަދި ރާއްޖޭގައި ތިބެގެން ބައެއް ޔޫރަޕް ބައެއް ގައުމުތަކުގެ ޝެންގެން ވިސާ ނެގޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސައިފި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355