twitterviber whatsapp telegramfacebookyoutube instagram
3rd November 2025

މަޖިލީހުގެ ބަޖެޓަށް 7 މިލިއަން ރުފިޔާ އިތުރުކުރަން ހުށައެޅުމަށް ކޮމިޓީން ފާސްކޮށްފި

Nov 13, 2021

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓަށް 7 މިލިއަން ރުފިޔާ އިތުރުކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

އާންމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ބަޖެޓް ކޮމިޓީއަށް ހުށައަޅަންޖެހޭ ކަންކަން ރިޕޯޓެއްގެ ގޮތުގައި އެކުލަވާލާފައެވެ.

ކޮމިޓީން ވަނީ ބަޖެޓުގައި ހިމަނަން މަޖިލީހުގެ ފަރާތުން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި އަދަދު އެޕްރޫވްކޮށްދީފައެވެ. ނަމަވެސް ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ހުށަހެޅި ހަތް މިލިއަން ރުފިޔާ އަދި ހަމަޖެހިފައި ނުވާކަމަށް ނާއިބު މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވިއެވެ. އަދި ކޮމިޓީގެ މެންބަރުން ވަނީ ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން ހުށަހެޅީ މުހިންމު ކަންތައްތަކެއްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން 7 މިލިއަން ހޭދަކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާއި އެކިއެކި އިވެންޓުތައް ބްރޯޑްކާސްޓުކޮށް ފްރޭމް ކުރެވޭނެގޮތް ހެދުމާއި މިޓީ ރޫމްތަކާއި އިދާރާތަކަށް ބޭނުންވާނެ ވަސީލަތްތައް ހަމަކުރުން ހިމެނެއެވެ.

އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓަކަށް ކަނޑައަޅާފައިވަނީ 191 މިލިއަން ރުފިޔާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355