twitterviber whatsapp telegramfacebookyoutube instagram
19th April 2025

ކައުންސިލްތަކުގެ ބަޖެޓު ބޮޑު ކުރަން ގޮވާލައިފި

މުޙައްމަދު އަހުމަދު
Nov 15, 2021

ކައުންސިލްތަކުގެ ބަޖެޓު ބޮޑު ކުރަން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ގޮވާލައްވައިފި އެވެ.

ވައްޑޭ މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގެ ތެރެއިންނެވެ.

ސަރުކާރުން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުގެ 5 ޕަސެންޓްދޭން ކަނޑައަޅާފައިވީ ނަމަވެސް ބަޖެޓުގެ 8 ޕަސެންޓްދީގެން ނޫނީ ކައުންސިލްތަކުގެ އަސާސީ ހަރަދުތައް ވެސް ދެކޮޅު ނުޖެއްސޭނެ ކަމަށް ވައްޑޭ ވިދާޅުވި އެވެ.

ވައްޑޭ ވިދާޅުވީ ހުރިހާ ކަމަކަށް ފައިސާ ހަރަދު ކުރަން މިޖެހެނީ ބަޖެޓުގެ 5 ޕަސެންޓް ގްރާންޓުން ކަމަށާއި މި ފަސް ޕަސެންޓުން ގާތްގަނޑަކަށް ދޮޅު ބިލިއަނެއްހާ ރުފިޔާ ކަނޑައެޅޭއިރު މީގެން ހަމައެކަނި ކައުންސިލްތަކުގެ ރިކަރަންޓު ހަރަދު ވެސް ނުޖެހޭނެކަމަށް ވައްޑޭ ވިދާޅުވި އެވެ.

އެހެންވުމުން ހަމައެކަނި މުސާރަ ދީފައި ކައުންސިލްތަކުގެ ބިލްތައް ދެއްކޭވަރު ވެސް ނުވާކަން ވެސް ވައްޑޭ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައި އިރު ތިބީ އެންމެ ތިން ކައުންސިލަރުން ކަަމަށާއި އަދި ސެކެޓްރީ ޖެނެރަލުންނާއި އަދި ވަކި އަދަދަކަށް އަންހެން މެމްބަރުން ވެސް ކަނޑައަޅާފައި ނެތްކަން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މިހާރު ކައުންސިލްތަކަށް ގިނަ އަދަދެއްގެ މެމްބަރުން އިތުރުވެ މުސާރަވެސް ބޮޑުވުމާއެކު އަންނަ އަހަރަށް ކައުންސިލްތަކަށް ދޭން ހުށަހަޅާފައިވާ ބަޖެޓުން ދެކޮޅު ނުޖެއްސޭނެ ކަމަށް ކައުންސިލްތަކުން ބުނަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355