twitterviber whatsapp telegramfacebookyoutube instagram
9th November 2025

ސިޔާސީ މަގާމުތަކަށް ބަޖެޓުގައި ހުށަހެޅި އަދަދު މާބޮޑު، ކުޑަކުރަން ޖެހޭ: ނާޒިމް

މުޙައްމަދު އަހުމަދު
Nov 15, 2021

ސިޔާސީ މަގާމުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ހުށަހެޅި އަދަދު މާބޮޑު ކަމަށާއި އަދި އެ މަގާމުތައް ކުޑަކުރުމަށް ދަނގެތީ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައީސް މުހައްމަދު ނާޒިމް ގޮވާލައްވައިފި އެވެ.

ނާޒިމް މިހެން އަންނަ އަަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރު 689 ސިޔާސީ މަގާމު އުފައްދާފައިވާއިރު އެ އަދަދު އިތުރުވަމުން އައިސް އަންނަ އަހަރު 1039 ސިޔާސީ މަގާމު އުފެދޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މިބަދަލާއެކު އެންމެ އަސާސީ ހަރަދުތަކަށް ކުރާ ހޭދައަށްވުރެ ސިޔާސީ މަގާމުތަކަށް ކުރާ ހަރަދުތައް ބޮޑުވެގެންދާނެކަން ނާޒިމް ފާހަގަކުރެއްވި އެވެ.

ނާޒިމް ވިދާޅުވީ ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދުތައް މާ ބޮޑު ކަމަށާއި އަދި އެކަމުގެ ސަބަބުން ބަޖެޓު ތަންފީޒު ނުކުރެވި ގިނަ މަޝްރޫއުތަކެއް ނުފެށޭކަން އޭނާ ފާހަގަކުރެއްވި އެވެ.

މިކަން ހައްލުކޮށް ދައުލަތް ހިންގުމަށް ޓަކައި އިގްތިސޯދީ ބިންގާ ފުޅާ ކުރަން ޖެހޭކަން ނާޒިމް ފާހަގަކުރެއްވި އެވެ. ރާއްޖޭގެ އިގްތިސޯދު މިހާރު ބަރޯސާވަނީ ހަމައެކަނި ފަތުރުވެރިކަމާއި މަސްވެރިކަމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355