twitterviber whatsapp telegramfacebookyoutube instagram
19th May 2024

އަފީފުއްދީން ސްކޫލުގެ ރޯދަ ބާޒާރު މާރޗުމަހު ބާއްވަނީ

މުޙައްމަދު އަހުމަދު
Nov 17, 2021

އަފީފުއްދީން ސްކޫލުގެ ޕީޓީއޭއިން އިންތިޒާމުކޮށްގެން ބާއްވާ ރޯދަ ބާޒާރު އަންނަ އަހަރުގެ މާރޗުމަހު ބޭއްވުމަށް ނިންމާފައިވާކަމަށް އެ ސްކޫލުން ބުނެފި އެވެ.

އަފީފުއްދީން ސްކޫލުން ބުނިގޮތުގައި މިރޯދަ ބާޒާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރޗު މަހުގެ 3، 4 އަދި 5، މި ތިން ދުވަހު އެވެ. މިރޯދަ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަކަށްވެސް ހުޅުވާލެވިފައިވާކަމަށް އެސްކޫލުން ހާމަކުރެ އެވެ.

އެސްކޫލްގެ ހޯލުގައި ޖުމްލަ 6 ސްޓޯލް ބަހައްޓާނެ އެވެ. އެއީ ސްޓޯލެއް ވަކިން ނަގާނަމަ ދުވާލަކަށް 1100 ރުފިޔާ އަދި ހޯލު އެއްކޮށް ނަގާނަމަ ދުވާލަކަށް 6000 ރުފިޔާގެ އަގެއް ދައްކަން ޖެހެ އެވެ.

ފުރަތަމަ ބުރީގެ ސްޓޯލެއް ދުވާލަކަށް 600 ރުފިޔާ ދޫކުރަން ހަމަޖެހިފައިވާއިރު ދެވަނަބުރީގެ ސްޓޯލެއް ދުވާލަކަށް 500 ރުފިޔާ ދޫކުރާނެ އެވެ.

އަދި އެސްކޫލުން ހާމަކުރިގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމު ފުރުމަށް މިހިނގާ 2021 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހު ހުޅުވާލާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355