twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސަރުކާރުން އެންމެ އިސްކަން ދެނީ ޒުވާން ވަރުގަދަ ޖީލެއް އުފެއްދުމަށް

ޚަދީޖާ އާދަމް
Nov 17, 2021

މި ސަރުކާރުން އެންމެ ބޮޑު އަހައްމިޔަތުކަމެއް ދެނީ މީހުން ބިނާކޮށް ހެޔޮލަފާ ޒުވާން، ވަރުގަދަ ޖީލެއް އުފެއްދުމަށް ކަމަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ މިއަދު މިކުރާ ހުރިހާ މަސައްކަތްތަކާ ގުޅިފައި މާދަމާ އަންނަން އޮތް ޖީލު ކަމަށްވާއިރު ސަރުކާރުން އެކަމަށް ބޮޑު ހޭދައެއް ކުރައްވާކަމަށެވެ.

އެގޮތުން މިއަދާ ހަމައަށް 11،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ސަރުކާރުގެ ފްރީ ޑިގްރީގެ ފުރުސަތު ދީފައިވާ ކަމަށެވެ. އޭގެ އިތުރުން ސްކޮލާޝިޕްއާއި ލޯންސްކީމަށް ވެސް ނުހަނު ބޮޑު ހޭދައެއް ކުރައްވަމުން އަންނަ ކަމަށާއި އެ ކުއްޖަކު ބޭނުންވާ ގައުމަކުން އަދި ބޭނުންވާ ދާއިރާ އަކުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ވިދާޅުވީ ސިއްހީ ދާއިރާއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލަދިނުމުގެ އިތުރުން އިންސާނީ ހަމަހަމަކަން ގާއިމު ކުރުމަށް ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ވިދާޅުވިއެވެ.

އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި މުޅި ދުނިޔެއާއި ރާއްޖެއަށް ދަތިކަންތައްތަކެއް ކުރިމަތިވި ނަމަވެސް ސަރުކާރުން ވި ވައުދުތައް ފުއްދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވި ކަމަށާއި ސަރުކާރު އޮތީ ވަރަށް ރަނގަޅު ހިސާބެއްގައިކަން ނައިބް ރައީސް ފާހަގަ ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355