twitterviber whatsapp telegramfacebookyoutube instagram
19th May 2026

ކޭއާރުއެޗުގެ އާ އޯޕީޑީ ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މުޙައްމަދު އަހުމަދު
Nov 18, 2021
1

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ އާ އޯޕީޑީ ހެދުމަށް ހެލްތް މިނިސްޓްރީން އެމްޓީސީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހެލްތް މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް، އަހްމަދު އާދިލް އަދި މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮންޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޝަން އޮފިސަރ، ޝާހިދު ހުސައިން މޫސާ އެވެ.

އެމްޓީސީސީން ނެރުނު ނޫސްބަޔާނުގައިވާ ގޮތުން މި މަޝްރޫއުގެ ދަށުން، 21 ކޮންސަލްޓެންސީ ރޫމާއި، 1 ޓްރީޓްމަންޓް ރޫމާއި، 1 ޕްރޮސީޖަރ ރޫމާއި، 1 އިކޯ ރޫމާއި 1 އީސީޖީ ރޫމް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ 22.20 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގަ އެވެ.

އެމްޓީސީސީން ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް އިތުރުކުރެވިގެންދާ އޯޕީޑީ އިމާރާތުގެ ސަބަބުން ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި ބަލިމީހުން ބެލުމަށާއި މިހާރު ދެމުންގެންދާ ޙިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ. އެކަމުގެ ސަބަބުން ހިދުމަތް ހޯދާ ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަމެއްލިބިގެންދާނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355