twitterviber whatsapp telegramfacebookyoutube instagram
7th October 2026

ނައިބު ރައީސް މާދަމާ ތިލަދުންމައްޗަށް ވަޑައިގަންނަވަނީ

އަބްދުލް ވާހިދު ޙަސަން
Nov 18, 2021
2

ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ދެ ދުވަހަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ތިލަދުންމައްޗަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ. ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ތިލަދުންމަތީގެ ހަތަރު ރަށަކަށް ނައިބު ރައީސް ވަޑައިގަންނަވާނެ ކަމަށެވެ.

އެގޮތުން ނައިބު ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޯރަފުށީ، ނެއްލައިދޫ، ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީއަށެވެ. މި ދަތުރުފުޅުގައި ހޯރަފުށީ މަގުހެދުމުގެ މަޝްރޫއު ފައްޓަވައިދެއްވާނެ އެވެ. އަދި އެރަށު އެއާޕޯޓަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައިވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރުދުވަހު 13:30 ގައި އެވެ. ކުޅުދުއްފުއްޓަށް ވަޑައިގެން ރީޖަނަލް ހޮސްޕިޓަލްގެ "އުފަންވެނި" ހުޅުވައިދެއްވާނެ އެވެ. އަދި ސިޓީ ކައުންސިލާއި އަންހެނުންގެ ކޮމެޓީ އަދި ސްކޫލުތަކުގެ ވެރިންނާ ބައްދަލުކުރައްވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293