twitterviber whatsapp telegramfacebookyoutube instagram
27th June 2026

ދަބަސް ފަހަން ދަސްކޮށްދޭ ކޯހަށް ބޮޑު ތަރުހީބެއް

މުޙައްމަދު އަހުމަދު
Nov 20, 2021
1

ޔޫތް މިނިސްޓްރީއާއި ކުޅުދުއްފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުޅުދުއްފުށީގައި ދަބަސް ފަހަން ދަސްކޮށްދޭ ކޯހެއް ފަށަން ހަމަޖެހިއްޖެ އެވެ.

ޑަބްލިޔުޑީސީގެ ރައީސާ ހަދީޖާ މޫސާ ކޭއޯއަށް ވިދާޅުވީ މި ކޯސް ކުރިއަށް ގެންދިއުމަށް ކުރިން ހަމަޖެހިފައިއޮތީ މިމަހުގެ 25 ގައި ކަމަށެވެ. އެހެންނަމަވެސް މިހާރު ކޯސް ކުރިއަށްދާނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ޔޫތް މިނިސްޓްރީގެ ފަރާތުން ހަމަޖައްސާ ދެ ބޭފުޅެކެވެ.

25 މީހުންނަށް ޖާގަދީގެން ކުރިއަށްގެންދާ މިކޯހުގައި މިހާތަނަށް 83 ފަރާތަކުން ފޯމު ހުށަހަޅާފައިވެ އެވެ. ހަދީޖާ ވިދާޅުވީ މިހާތަނަށް 83 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށާއި މީގެތެރެއިން 25 މީހުން ނެގުމަށް ހަމަޖެހިފައިވަނީ ގުރުއަތުން ކަމަށެވެ.

ގުރުއަތުލުން ކުރިއަށްދާނީ މިމަހު 23 ވަނަ ދުވަހު ކަމަށާއި ގުރުއަތުލުން ޑަބްލިއުޑީސީގެ ފޭސްބުކް ޕޭޖުން ލައިވްކުރާނެ ކަމަށް ހަދީޖާ ވިދާޅުވި އެވެ.

ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެންއޯސީ ހޯލުގަ އެވެ. އަދި ކޯހުގައި ބައިވެރިވާ ފަރާތްތަކުން ކޯހަށް އަންނައިރު ކަތުރަކާ އަމިއްލަ ފަހާ ފޮއްޓެއް ގެނައުމަށް ހަދީޖާ ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް ދެން ބޭނުންވާނެ ހުރިހާ ސާމާނެއް އެކޮޅުން ފޯރުކޮށްދޭނެ ކަމަށް ހަދީޖާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355