twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ރަށުން ބޭރުގައި ހާފިޒުކަން ކިޔަވާ ދަރިވަރުންގެ ހަރަދުތައް ސަރުކާރުން ދެނީ

ޚަދީޖާ އާދަމް
Nov 21, 2021

ރަށުން ބޭރުގައި ހާފިޒުކަން ކިޔަވާ ދަރިވަރުންގެ ހަރަދުތައް ސަރުކާރުން ހަމަޖައްސައިދިނުމަށް ނިންމައިފިއެވެ.

ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދީނީ އިލްމާއި ގުރްއާނުގެ އިލްމް ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފެތުރުމަށް އިތުރު ކަންތައްތަކެއް ކުރަމުން ގެންދާކަމަށެވެ.

އެގޮތުން އަންނަ އަހަރުން ފެށިގެން ހާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޯސް ފުރިހަމަކުރުމަށް ބޭނުންވާ ހަރަދުތައް ސަރުކާރުން ހަމަޖައްސައި ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ގުރްއާނާބެހޭ މަރުކަޒު މިއަށްވުރެ ފުޅާކޮށް ދީނީ އިލްމު ރާއްޖޭގައި ފެތުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އެހީތެރިވެދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355