twitterviber whatsapp telegramfacebookyoutube instagram
24th April 2024

ނައިބު ރައީސް ބަންގްލަދޭޝްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ނަބީލާ އިސްމާޢީލް
Nov 22, 2021

ނައިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝްއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ނައިބު ބަންގްލަދޭޝްގެ އިސް ވެރިންނާއި ބައްދަލުކުރައްވައި، މުޙިއްމު މުއައްސަސާތަކަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ނައިބް ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދާއި، ކެބިނެޓްގައި ހިމެނޭ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެން، ވެލްފެއާ އެންޑް އޯވަސީސް އެންޕްލޯއިމަންޓް މިނިސްޓަރު އިމްރާން އަހްމަދު، އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޑިޕޫ މޯނީ ހިމެނެ އެވެ.

މީގެއިތުރުމް ޔުނިވާސިޓީ އޮފް އޭޝިއާ ފެސިފިކް އެކްޓިންގެ ވައިސް ލާންސެލާ ޑރ. އެމްޑީ ސުލްތާން މުހައްމަދާއި، ސައުތު އީސްޓް އޭޝިއަން ފައުންޑޭޝަންގެ ޗެެއާމަން ސަލާހުއްދީން ގާސިމާއި، ކުމުޑިނީ ވެލްފެއާ ޓްރަސްޓްގެ މެނޭޖިން ޑިރެކްޓަރު ރަޖީވް ޕްރަސާދުގެ އިތުރުން ބަންގްލަދޭޝްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާވެސް ނައިބް ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން އެ ގައުމުގެ މިއުޒިއަމަކާއި ބަންގްލަދޭޝް-ކޮރެޔާ ޓެކްނިކަލް ޓްރެއިން ސެންޓަރަށްވެސް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ނައިބް ރައީސް، ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.

ނައިބް ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އެގޮތުން ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިންނާއި، ސަރުކާރުގެ އިދާރާތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355