twitterviber whatsapp telegramfacebookyoutube instagram
27th April 2024

އިންޑިއާއާ އެކު ހެދި އެއްބަސްވުންތަކުގައި ގޯހެއް ނެތް ކަމަށް މަޖިލީހުގެ ކޮމިޓީން ނިންމައިފި

ނަބީލާ އިސްމާޢީލް
Nov 22, 2021

އިންޑިއާއާއެކު ދިވެހި ސަރުކާރުން ގާއިމް ކޮށްފައިވާ އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފިއެވެ.

އިންޑިއާއާ އެކު ގާއިމުކުރި ތިން އެއްބަސްވުމެއް ދިރާސާކުރުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ހުށެހެޅުއްވި މައްސަލަ ދިރާސާކޮށް، ކޮމިޓީން ފާސްކުރި ރިޕޯޓްގައި ބުނީ އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް ނެތް ކަމަށެވެ.

އެ ތިން އެއްބަސްވުމަކީ މާލެ އަތޮޅު އުތުރުތިލަފަޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއް ގާއިމް ކުރުމުގެ އެއްބަސްވުމާއި، ހދ. ހަނިމާދޫގައި އޮންނަ އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ މަތިންދާބޯޓު ރާއްޖޭގައި އޮޕްރޭޓް ކުރާނެ ގޮތުގެ އެއްބަސްވުމާއި، ރާއްޖޭގެ ހައިޑްރޯގްރާފީ ދިރާސާ ކުރަން އިންޑިއާއަށް ދިނުމުގެ އެއްބަސްވުމެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް އެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ އަގުލަބިއްޔަތުން އެކުލަވާލި ރިޕޯޓްގެ ނިންމުމުގައި ބަޔާން ކޮށްފައި ވަނީ އެ އެއްބަސްވުންތަކުގައި ގޯހެއް ނެތް ކަމަށެވެ.

ކޮމިޓީން އެއްބަސްވުންތައް ދިރާސާކުރި އިރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކޮމިޓީގެ ބައްދަލުވުމަކަށް ވަޑައިގެން އެއްބަސްވުންތަކުގެ މައުލޫމާތު ދެއްވި އެވެ. އަދި ކޮމިޓީން އެދުމުން މާރިޔާ ވަނީ އެ އެއްބަސްވުންތައް ކޮމިޓީގެ މެމްބަރުންނަށް ދައްކަވައިފަ އެވެ. އެހެން ނަމަވެސް އެއީ ސިއްރު އެއްބަސްވުންތަކަށް ވާތީ ކޮޕީއެއް ނުދެއްވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355