twitterviber whatsapp telegramfacebookyoutube instagram
6th December 2021

ހޮލީވުޑްގެ މަޝްހޫރު ތަރިން އެހާރާއި މިހާރު

Nov 22, 2021

ފިލްމީ ދުނިޔޭގައި އުޅޭ މަޝްހޫރު ގިނަ ތަރިންނަކީ ވަރަށް ޅަ އުމުރުން ފެށިގެން މި ދާއިރާގައި އުޅެމުން އަންނަ ތަރިންނެވެ. އަހަރެމެން އެންމެ ކުޑައިރު ސަޕޯޓް ކުރި ގިނަ ތަރިންނަކީ މިހާރު ދެބައި އުމުރުގެ ތަރިންކަމަށް ވިއަސް މިއަދުވެސް ފިލްމުތަކުގައި ހީރޯބައި ކުޅުމަށް އެއަށްވުރެ މޮޅު ތަރިއަކު ނެތެވެ.

ބްރެޑް ޕިޓް

ބްރެޑް ޕިޓަކީ ހޮލީވުޑްގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއްތަރި އެވެ. އުމުރުން 24 އަހަރުގައި ހޮލީވުޑަށް ތައާރަފްވެ މިހާރު އުމުރުން 57 އަހަރު ވެފައިވާއިރު މިއަދާ ހިސާބަށްވެސް އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ޕިޓް ހޮލީވުޑަށް ތާރަފްވީ 1987 ވަނަ އަހަރު ހަންކް ކިހާ ފިލްމަކުންނެވެ. ނަމަވެސް އެ ފިލްމުގައި އިންނަނީ އޭނާގެ ވަރަށް ކުޑަކުޑަ ރޯލެކެވެ. އެ އަހަރު އިތުރު 3 ފިލްމެއްގައި ސަޕޯޓިން ރޯލް އޭނާ ކުޅިފައި ވެއެވެ.

ޕިޓްގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި އޯޝަން ސީރީޒް، މީޓް ޖޯ ބްލެކް، މިސްޓަރ އެންޑް މިސިޒް ސްމިތް ހިމެނެއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ އެޑް އެސްޓްރާ އިންނެވެ. އަދި ކުރިއަށް 5 ފިލްމެއް އެބައޮތެވެ. އޭގެތެރެއިން ސެންޑްރާ ބްލޮކް އާއި އެކު ފެންނަ ބްލެޓް ޓްރެއިން ހިމެނެއެވެ.

ޖޯޖް ކްލޫނީ

ޖޯޖް ކުލޫނީއަކީ އޭނާގެ ރަންޒަމާނުގައި ގިނަ ބައެއްގެ ހިތުގައި ރަސްކަން ކުރި ތަރިއެކެވެ. އަދި މިހާރުވެސް މިއީ ގިބަ ބަޔެއްގެ ސަޕޯޓް ލިބިފައިވާ ތަރިއެކެވެ. ކުލޫނީ ފިލްމީ ދުނިޔެއަށް ނުކުތީ 1978 ވަނަ އަހަރު ޓީވީ ސީރީޒްއަކުންނެވެ.

އުމުރުން 17 އަހަރުގައި މި ދާއިރާއަށް ނުކުމެ މިވީ 40 އެއްހާ އަހަރުތެރޭގައި ރީތި ކާމިޔާބު ފިލްމުތަކެއް ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ. މިހާރު 60 އަހަރުގައިވެސް އަދިވެސް މިއީ އެފަދަ ދެވަނައެއް ނެތް ތަރިއެކެވެ.

އޭނާ އެންމެ ފަހުން ފެނުނީ ދަ މިޑްނައިޓް ސްއިންނެވެ. ކުރިއަށް އޮތް ފިލްމަކީ ޓިކެޓް ޓު ޕެރެޑައިސް އެވެ.

ސެންޑްރާ ބްލޮކް

ސެންޑްރާ މީހުންގެ ސަމާލުކަމަށް އައީ ކިއާނޫ ރީވްސްއާއި އެކު 1994 ވަނަ އަހަރު ކުޅުނު ފިލްމު "ސްޕީޑް" އިންނެވެ. އެއިރު ސެންޑްރާއަކީ އަރަމުން އަންނަ ތަރިއެކެވެ.

1987 ވަނަ އަހަރު ފިލްމު ހެންގްމޭން އިން ސެންޑްރާ ބޮލީވުޑަށް ތައާރަފް ވީއިރު އޭނާގެ އުމުރަކީ 23 އަހަރެވެ. އަދި މީހާރު 57 އަހަރުގައިވެސް އޭނާ ފެންނަނީ އެންމެ ފިޓްކޮށެވެ. ބޮޑެތި އެކްޝަން ފިލްމުތަކުގައި މަސަަައްކަތް ކޮށްލުމަކީ ސެންޑްރާއަށް ބޮޑު ކަމެެއް ނޫނެވެ.

އެގޮތުން އޭނާގެ ކުރިއަށް އޮތް ފިލްމު ބްލެޓް ޓްރެއިންއަކީވެސް އެކްޝަން ފިލްމެކެވެ. ސެންޑްރާގެ ކާމިޔާބު ފިލްމުތަަކަށް ބަލާއިރު ބާޑް ބޮކްސް، ސްޕީޑް، ސްޕީޑް2، ޕްރެކްޓިކަލް މެޖިކް، އަދި އޯޝަން 8 ހިމެނެއެވެ.

އެންޖެލީނާ ޖޯލީ

މިހާރުވެސް ހޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެއް ތަރިއަކަށް ވަނީ ޖޯލީ އެވެ. ޖޯލީ އެންމެ ފުރަތަމަ ފެނުނީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ލުކިން ޓު ގެޓް އައުޓް އިންނެވެ. އެއިރު އޭނާއަށް 7 އަހަރެވެ.

އެއާސްފަހު 1993 ވަނަ އަހަރު ސައިބޯގް 2 އަކުން އޭނާގެ ފިލްމީ ހަޔާތް ފެށިއެވެ. އަދި 46 އަހަރުގައި މިހާރުވެސް އަންނަނީ މެދު ނުކެނޑި ފިލްމުތަކުގައި ހަަރަކާތްތެރިވަމުންނެވެ.

އޭނާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަށް ބަލާއިރު މެލެފިސެންޓް، ދަ ޓޫރިސްޓް، މިސްޓަރ އެންޑް މިސިޒް ސްމިތް ހިމެނެއެވެ. އޭނާގެ އެންމެ ފަހުގެ ފިލްމުތަކަކީ ދޯސް ހޫ ވިޝްމީ ޑެޑް އަދި އެޓާނަލްސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355