twitterviber whatsapp telegramfacebookyoutube instagram
8th November 2026

އުރީދޫއިން ބިދޭސީންނަށް ހާއްސަކޮށްގެން ކްރިކެޓް މުބާރާތެއް ބާއްވަނީ

މުޙައްމަދު އަހުމަދު
Nov 22, 2021

އުރީދޫއާއި މޯލްޑިވްސް ކްރިކެޓް އެސޯސިއޭޝަންގެ އިތުރުން މޯލްޑިވްސް މިޝަން ފޯ މައިގްރޭންޓް ވޯކާޒް (އެމްއެމްޑަބްލިއު)އާ ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް ބައިވެރިވެވޭނޭ އުސޫލަކުން ބިދޭސީންނަށް ހާއްސަކޮށްގެން ކްރިކެޓް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

މިމުބާރާތް ބާއްވަން ނިންމީ މާދަމާ އެމްއެމްޑަބްލިއުގެ އެއްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. އަދި މިއީ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން މުޖުތަމައުއަށް ލިބޭ އެހީ ފާހަގަކޮށް އެ މީހުންގެ މަސައްކަތް ބަލައިގަނެ އެމީހުންގެ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްހަމަ ޖައްސަައިލުމަށް ވަގުތުކޮޅެއް ފަހިކޮށްދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި ބިދޭސީ މަސައްކަތްތެރިން ބައިވެރިވުމަށްޓަކައި 20 މީހުންގެ ޓީމެއް ހަމަކޮށްފިނަމަ މުބާރާތުގައި ބައިވެރިވެ އަދި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި މުބާރާތް ކުރިއަށްދާނީ އެކުވެނި ސްޓޭޑިއަމްގައި އެވެ. އަދި މުބާރާތް ކުރިއަށްދާ ވަގުތު ސްޓޭޑިއަމް ވަށައިގެން އޮންނަ ސަރަހައްދުގައި ތަފާތު އެކި ސްޓޯލްތައް ބަހައްޓައިފައި ހުންނާނެ އެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިންނަށް ހިލޭ ހެލްތު ސްކްރީންކޮށްދިނުމާއި ފޯނު ރަޖިސްޓްރޭޝަންގެ ހިދުމަތްވެސް ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293