twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދިއްދޫ ހޮސްޕިޓަލުން ޓާޝަރީ ފެންވަރުގެ ހިދުމަތް ދެވޭނެވަރުގެ ބަޖެޓެއް ކަނޑައެޅިފަ އެބަ އޮތް

ޚަދީޖާ އާދަމް
Nov 23, 2021

ހއ ދިއްދޫ ހޮސްޕިޓަލުން އާ ހިދުމަތެއް ފެށުމަށް ބޭނުންވާ ޖާގަ އިތުރު ކުރެވެން ނެތް ކަމަށާއި މެނިފެސްޓޯގައި އިންގޮތަށް އެ ހޮސްޕިޓަލް އާ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބޭނުންވާ ބަޖެޓް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދުވެ މަޖިލީހުގައި ކުރިއަށް ދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްވަމުން މެންބަރު ވިދާޅުވީ އެ ހޮސްޕިޓަލުން ޓާޝަރީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ފަދަ ބަޖެޓެއް ކަނޑައެޅިފައިވާކަމަށެވެ.

"ދިއްދޫގެ ހޮސްޕިޓަލް އަތޮޅުގެ ހޮސްޕިޓަލެއްގެ ގޮތުގައި ހުންނަތާ އެތައް އަހަރެއްވީ. މިއަދު އެ ހޮސްޕިޓަލުން އާ ހިދުމަތެއް ދިނުމަށްޓަކައި ޖާގައެއްވެސް މިއަދު އިތުރުކުރެވޭނެ މަގެއް ނެތް. ރައީސުލްޖުމްހޫރިއްޔާ އެ ހޮސްޕިޓަލް ބައްލަވާ ވައުދުވެގެން ދިޔައީ މެނިފެސްޓޯގައި އިން ގޮތަށް ދިއްދޫގެ ހޮސްޕިޓަލް އާ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށް ޓާޝަރީ ލެވެލްގެ ހިދުމަތްތަކެއް ދިނުމަށް ޓަކައި 22 ވަނަ އަހަރުގެ ބަޖެޓްގައި އެ މަޝްރޫއަށް އެބަހިމެނޭ. އަޅުގަނޑަށް ޔަގީން އިރާދަ ކުރެއްވިއްޔާ އެ މަސައްކަތް ކުރެވޭނެ ބަޖެޓެއް މިފަހަރު ބަޖެޓްގައި ޖެހިފައި އޮތީ"

އެގޮތުން އަންނަ އަހަރު މި މަސައްކަތް ފެށިގެން ދިއުމަކީ އެ އަތޮޅުގެ ރައްޔިތުންގެވެސް ވަރަށް ބޮޑު އުންމީދެއް ކަމަށް މެންބަރު ވިދާޅުވި އެވެ.

މީގެ އިތުރުން ބަޖެޓަށް އަލި އަޅުވާ ވާހަކަ ދައްވަމުން ވަހީދު ވަނީ ދިއްދޫގައި ގާއިމް ކުރާ ޖޫނިއާރ ކޮލެޖުގެ މަސައްކަތައް ބޭނުންވާ ބަޖެޓްވެސް ހިމެނިފައިވާކަން ފާހަގަކުރައްވާފައެވެ. ބަނދަރުގެ މަސައްކަތައް ކުރިއަށްދާ ގޮތާ ބެހޭގޮތުންވެސް ވާހަކަދައްކަވާ ވިދާޅުވީ ބަނދަރު ބޮޑުކުރެވި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ލުއި ފަސޭހަ ވިޔަފާރި ބަނދަރަކަށް ދިއްދޫ ބަނދަރު ވެގެންދާނެކަމަށެވެ.

އަދިވެސް ދިއްދޫގައި ބިމުގެ މައްސަލަ އެބައޮތްކަން ފާހަގަ ކުރައްވާ ވަހީދު ވިދާޅުވީ އިގްތިސޯދީ ހަރަކާތްތައް ރަށުގައި ހިންގޭނެ މަގު ތަނަަވަސް ވެފައިނެތްކަމަށާއި އެންމެ ފަހުން ހިއްކިބިން ބޭނުންކޮށްފައިވަނީ ގެދޮވެރިކަމަށް ހައްލެ ހޯދުމަށްކަމުން އަދިވެސް ބިމުގެ ދަތިކަން އެބައޮތްކަމަށެވެ. އެހެންކަމުން އިގްތިސޯދީ ކަންކަމަށް ބޭނުންވާ ބިންދޫކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަމަށް ސަރުކާރުގައި އެދުމުން އެކަން ބަޖެޓުގައި ހިމަނައިދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355