twitterviber whatsapp telegramfacebookyoutube instagram
9th November 2025

ނައިބްރައީސް ބަންގްލަދޭޝްގެ ރައީސާ ބައްދަލުކުރައްވައިފި

ނަބީލާ އިސްމާޢީލް
Nov 24, 2021

ރައިސުލްޖުމްހޫރިއްޔާގެ ނައިބް ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދާ ބައްދަލުކުރައްވައިފި އެވެ.

ނައިބް ރައީސް ބަންގްލަދޭޝް އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ބޭފުޅުން އިއްޔެ ބައްދަލުކުރެއްވީ ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ ރައީސް ވަނީ ދެ ޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މީގެއިތުރުން ނައިބް ރައީސް މިއަދު ވަނީ ޑާކާގެ ހޮޓެލް އިންޓަކޮންޓިނެންޓަލްއަށް ވަޑައިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

ނައިބް ރައީސް، ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355