twitterviber whatsapp telegramfacebookyoutube instagram
12th September 2025

އޭލެވެލް އިމްތިހާން އޮކްޓޯބަރު/ނޮވެންބަރުގައި ބޭއްވުމަށް ނިންމައިފި

Nov 24, 2021

އޭލެވެލް އިމްތިހާނު ދެން ރާއްޖޭގައި ހަދާނީ އޮކްޓޯބަރު ނޮވެމްބަރުގައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ. މިއީ އީ ދިރާސާ އަހަރު ފަށާ ތާރީހަށް ގެނައި ބަދަލާ ގުޅިގެންގެނައި ބަދަލެއް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ސްކޫލްތަކަށް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނީ އޯގަސްޓު މަހު ދިރާސީ އަހަރު ފަށައިފައި، މޭ ޖޫންއަށް ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރުމަކީ އުނދަގޫ ކަމެއްކަމަށް ސްކޫލްތަކުން ފާހަގަކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އޭ ލެވެލް ހަދާ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާއެކު އިމްތިހާނު ހަދާނެ އިރެއް ކަނޑައެޅުމަށް ޓަކައި މަޝްވަރާކޮށްފައިވާކަމަށެވެ. އަދި ސްކޫލްތަކުގެ ވެރިން ބޭނުންވަނީ ދަރިވަރުންނަށް ވެސް ފައިދާވާނެހެން އިމްތިހާނުގެ ކަންކަން ކުރިއަށް ގެންދިއުމަށްކަމަށް އެ މިނިސްޓްރީން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355