twitterviber whatsapp telegramfacebookyoutube instagram
6th December 2021

ކޮވިޑް ކޮންޓްރޯލް ކުރުމަށް އާންމުންގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ: އެޗްޕީއޭ

Nov 25, 2021

ކޮވިޑް-19 ގެ އަލާމާތްތައް ހުންނަ މީހުން ވެސް ސާމްޕަލް ދިނުމަށް އިންކާރުކުރާ ކަމަށާއި، ކޮންޓެކްޓް ޓްރޭސިންއަށް ވެސް އާންމުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިންް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެޖެންސީގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރު ކޮވިޑް ކޮންޓްރޯލުކުރުމަށް ދިމާވާ އެންމެ ބޮޑު އެއް ހުރަހަކީ ކޮވިޑުގެ އަލާމާތްތައް ހުންނަ މީހުން ވެސް ޓެސްޓު ސާމްޕަލް ނުދިނުން ކަމަށެވެ.

ކޮންޓެކްޓް ޓްރޭސިންއަށް ބައެެއް ފަރާތްތަކުން ސައްހަ މައުލޫމާތު ނުދޭ ކަމަށާއި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަނީ ކޮންޓެކްޓް ޓްރޭސިން އިން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށްކަން ފާހަގަކޮށް އަފްޒަލް ވަނީ މައުލޫމާތު ސިއްރު ނުކުރުމަށް އެދިވަޑައިގެންފަ އެވެ.

އަފްޒަލް ވިދާޅުވީ ނޮވެމްބަރު މަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައް ހުރީ ދުވާލަކު 130-140 އާ ދެމެދު ކަމަށާއި ކޭސްތައް ދަށްކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355