twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކޮވިޑުގެ އާ ވޭރިއަންޓަކާ އެކު ދެކުނު އެފްރިކާގެ ބައެއް ގައުމުތަކަށް ބޯޑަރުތައް ބަންދު

ނަބީލާ އިސްމާޢީލް
Nov 27, 2021

ކޮވިޑް-19ގެ އާ ވެރިއަންޓެއް ދެކުނު އެފްރިކާއިން މި ހަފުތާގައި ފެނުމާ ގުޅިގެން ގައުމުތަކުން އަނެއްކާވެސް ބޯޑަރު ބަންދުކޮށް، ދަތުރުފަތުރު ކުރުމުގައި ހަރުކަށި އުސޫލުތައް ތައާރަފް ކުރަން ފަށައިފި އެވެ.

އާ ވޭރިއަންޓް ކަމުގައިވާ އޮމިކްރޯންގެ ސަބަބުން ދެކުނު އެފްރިކާގެ 8 ގައުމަކުން އެކި ގައުމުތަކަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އިނގިރޭސި ވިލާތާއި ސިންގަޕޫރު އަދި ޖަޕާނުން މިހާރު ވަނީ ސައުތު އެފްރިކާ އާއި އެ ގައުމުގެ އަވަށްޓެރި ގައުމުތަކުގެ ފްލައިޓްތައް މަނާކޮށް، ކަރަންޓީނުގެ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.

ޑަބްލިޔުއެޗްއޯގެ މާހިރުން ހިމެނޭ ޓީމަކުން ވަނީ މިވޭރިއަންޓްގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ދިރާސާތަކެއްކޮށްފައެވެ. އަދި ޑަބްލިޔުއެޗްއޯއިން ބުނީ މިހާރު ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު މިއީ ކޮވިޑް ޖެހި ރަނގަޅުވެފައި ތިބި މީހުންނަށް އަލުން ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު އަދި ކޮވިޑް-19 ފެތުރެމުން އަންނަ ގޮތަށް ވަރަށް ބޮޑަށް އަސަރުކުރުވާނެ ވޭރިއަންޓެއްކަމަށެވެ.

ފާއިތުވި ހަފްތާތަކުގައި ދެކުނު އެފްރިކާ ގައި ވަނީ ކޮވިޑްގެ ކޭސްތައް އިތުރުވެފައެވެ. އަދި އެއާއެކު މިވޭރިއަންޓް ވަނީ ފެނިފައެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ މިވޭރިއަންޓްގައި ގިނަ އަދަދެއްގެ މިޔުޓޭޝަންތައް ހިމެނޭކަމަށެވެ. އަދި އެއީ ކަންބޮޑުވާކަމެއްކަމަށެވެ. އަދި މިހާރު ހަދަމުންދާ ޕީސީއާރު ޓެސްޓްތަކުން މިވޭރިއަންޓް ދެނެގަނެވޭކަމަށްވެސް ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355