twitterviber whatsapp telegramfacebookyoutube instagram
1st July 2025

ކޮވިޑްގެ އާ ވޭރިއަންޓަށް ވެކްސިނެއް އުފައްދަނީ

ނަބީލާ އިސްމާޢީލް
Nov 27, 2021

ކޮވިޑް-19ގެ އާ ވޭރިއަންޓް "އޮމިކްރޯނަށް" ވެކްސިނެއް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި ކުރިޔަށް އޮތް ހަފްތާތަކުގައި ޓެސްޓްކުރެވޭ ވަރުވާނެ ކަމަށް ނޮވޭވެކްސުން ބުނެފިއެވެ.

ނޮވޭވެކްސުން ބުނީ އެކުންފުނިން އުފައްދަމުން އަންނަ ވެކްސިންގައި ވައިރަސްގެ އަސްލު ސްޕްއިކް ޕްރޮޓީން ހުންނާނެ ކަމަށެވެ. އެ ސްޕައިކުން ބަލި ނުޖައްސާނެކަމަށެވެ. އެކުންފުނިން މިހާރު މަސައްކަތްކުރަމުން އަންނަނީ އައު ވޭރިއަންޓް ބީ.1.1.529ގެ ޖެނެޓިކް ސީކުއެންސަށް ބިނާކޮށް ސްޕްއިކް ޕްރޮޓީން ތަރައްގީކުރުމުގެ މަސައްކަތެވެ.

ނޮވޭވެކްސްގެ ކޮވިޑް ވެކްސިނަށް އެމަޖެންސީ ހުއްދަ އެންމެ ފުރަތަމަ ލިބިފައިވަނީ މިމަހު އިންޑޮނޭޝިޔާގައެވެ. އޭގެފަހުން ފިލިޕީންސްގައިވެސް ވަނީ އެވެކްސިން އެމަޖެންސީ ބޭނުންކުރުމުގެ ހުއްދަދީފައެވެ.

ވެކްސިން އުފައްދާ އެހެން ކުންފުނިތައް ކަމުގައިވާ ޖަރުމަންގެ ބައޯއެންޓެކް އާއި ފައިޒަރ ގެ އިތުރުން ޖޯންސަން އެންޑް ޖޯންސަން އަދި މޮޑާނާއިންވެސް އަންނަނީ އެކުންފުނިތަކުން އުފައްދާފައިވާ ކޮވިޑް ވެކްސިން އާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ދެނެގަތުމުގެ ޓެސްޓްތައް ކުރަމުންނެވެ.

ކޮވިޑުގެ އާ ވެރިއަންޓެއް ދެކުނު އެފްރިކާއިން މި ހަފުތާގައި ފެނުމާ ގުޅިގެން ގައުމުތަކުން އަނެއްކާވެސް ބޯޑަރު ބަންދުކޮށް، ދަތުރުފަތުރު ކުރުމުގައި ހަރުކަށި އުސޫލުތައް ދަނީ ތައާރަފް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355