twitterviber whatsapp telegramfacebookyoutube instagram
4th May 2024

އާ ވޭރިއަންޓާ ގުޅިގެން ރާއްޖެ އިން އަޅާނެ ފިޔަވަޅަކާ މެދުގައި މަޝްވަރާ ކުރަނީ

ނަބީލާ އިސްމާޢީލް
Nov 27, 2021

ކޮވިޑް-19ގެ އާ ވޭރިއަންޓާ ގުޅިގެން ރާއްޖެއިން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދެކުނު އެފްރިކާއިން އަލަށް ފެތުރިގެން އުޅޭ ކޮވިޑް-19ގެ އާ ވޭރިއަންޓު ކަމަށްވާ "އޮމިކްރޯން" ވޭރިއަންޓު މިހާރު ދުނިޔޭގެ އެހެން ޤައުމު ތަކުގައި ވެސް ދަނީ ފެތުރެމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިންވެސް އިއްޔެ ވަނީ މި ވޭރިއެންޓުގެ ނުރައްކާ ވަރަށް ބޮޑުކަމަށް ބުނެފަ އެވެ.

މިހާތަނަށް ފެނިފައިވާ ކޮވިޑުގެ އެންމެ ނުރައްކާތެރި ވޭރިއަންޓު ކަމަށް ސިއްހީ މާހިރުން ސިފަކޮށްފައިވާ "އޮމިކްރޮން" އަކީ ރާއްޖެއަށް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެކަމުން ސަލާމަތްވުމަށް އަޅާނެ ފިޔަވަޅުތަކާމެދު މިއަދު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސްވަނީ ދާދި ދެންމެ ވިދާޅުވެފައެވެ.

ދެކުނު އެފްރިކާގެ އިތުރުން، އެ ވޭރިއަންޓު މިހާތަނަށް ފެނުނު ގައުމު ތަކުގެ ތެރޭގައި ބޮޓްސްވާނާ، ބެލްޖިއަމް އަދި ހޮންގްކޮންގް ހިމެނެ އެވެ.

ރައީސް ސޯލިހު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އޮމިކްރޮން" ވޭރިއެންޓަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް)އިން މިއަދު ބައްދަލުކޮށް އަޅަން ފެންނަ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރާނެ ކަމަށެވެ.

ރައީސް ވަނީ ކޮވިޑުން ރައްކާތެރިވުމަށް 50 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޝޮޓް ދެމުންދާކަން ފާހަގަ ކުރައްވާފަ އެވެ. އަދި, ހެލްތްކެއާ, ޓޫރިޒަމް އަދި އެއާޕޯޓްގެ ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުންނަށް ވެސް ބޫސްޓާ ޝޮޓް ދިނުން އަންނަ ހަފުތާ ފަށާނެކަން ރައީސް ހާމަ ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355