twitterviber whatsapp telegramfacebookyoutube instagram
7th May 2024

އަންނަ މަހު އާއްމުންނަށް ބޫސްޓާ ޖަހަން ފަށާނަން: ރައީސް

Nov 27, 2021

ކޮވިޑް-19ގެ އާ ވޭރިއަންޓާ ގުޅިގެން އަންނަ މަހު ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެންމެންނަށް ބޫސްޓަ ޑޯޒް ދޭން ފަށާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާ ވޭރިއަންޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތައް ކުރުމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް)ގެ ބައްދަލުވުމެއް މިއަދު ބާއްވާނެ ކަމަށެވެ.

އާ ވޭރިއަންޓާއެކު އޮތް ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ވަނީ ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުން މިހާރު ވެސް ކުރިއަށްދާ ކަން ފާހަގަކުރައްވައިފައެވެ. އެގޮތުން މިހާރު 50 އަހަރުން މަތީގެ މީހުންނަށް ތިން ވަނަ ޑޯޒް ދެމުން އަންނައިރު ވަރަށް އަވަހަށް ސިއްހީ ހިދުމަތްތެރިންނާއި ފްރޮންޓްލައިން މަސައްކަތްތެރިންނަށް މި ހަފްތާގެ ތެރޭގައި ބޫސްޓާ ޑޯޒް ޖަހަން ފެށޭނެ ކަމަށް ވިދާޅުވިއެވެ.

އަދި އަންނަ މަހުގެ މެދުތެރޭގައި ވެކްސިން ޖެހޭ އުމުރުގެ އެންމެންނަށް ބޫސްޓަ ޑޯޒް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އާ ވޭރިއަންޓާ ގުޅިގެން ބައެއް ގައުމުތަކުން ބޯޑަރު ބަންދުކުރަމުން އަންނައިރު އަވައްޓެރި ސްރީލަންކާއިން ވެސް ވަނީ އެފްރިކާ ބައްރުގެ ގިނަ ގައުމުތަކުން އެގައުމަށް މީހުން އެތެރެވުން މަނާކޮށްފައެވެ.

ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ އާ ވޭރިއަންޓް "ވޭރިއަންޓް އޮފް ކޮންސަރން" ގެ ގޮތުގައި ހިމަނާ ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށްވުރެ ހަލުވިކަމާއެކު އެވޭރިއަންޓް ފެތުރިދާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355