twitterviber whatsapp telegramfacebookyoutube instagram
9th August 2026

އާ ވޭރިއަންޓާއެކު ވެސް ފަތުރުވެރިކަމަށް މާބޮޑު ބުރޫއެއް ނާރާނެ

ޚަދީޖާ އާދަމް
Nov 28, 2021

އާ ވޭރިއަންޓާއެކު ވެސް ފަތުރުވެރިކަމަށް މާބޮޑު ބުރޫއެއް ނާރާ ކުރިއަށްދެވޭނެ ކަމަށާއި ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

"ސަން" އަށް ދެއްވި އިންޓަވިއެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުުރުވެރިކަމުގެ ދާއިރާގެ ހުރިހާ ޕާޓްނަރުން ވެސް މިކަހަލަ ކަމަކާއެކު ދާއިރާ ހިންގަން ވަރަށް ބޮޑަށް ފަރިތަވެފައި ތިބި ކަމަށެވެ.

ސައުތު އެފްރިކާއިން ފެނުނު ސަރސްކޯވ-2 ވައިރަސްގެ 'އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން ހަތް ގައުމަކުން ފަތުރުވެރިން ރާއްޖެ އައުން ވަނީ މަނާކޮށްފައެވެ. އެ ހަތް ގައުމަކީ, ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީންއެވެ.

މައުސޫމް ވިދާޅުވީ އެ ގައުމުތަކުން އެވަރެޖްކޮށް ގިނަވެގެން މަހަކު 1،500 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށެވެ. އަދި އެއީ ވެސް ވަރަށް ބޮޑު އަދަދެއް ކަމަށާއި ފްލައިޓުތައް އޮޕަރޭޓްކުރަމުން އައިސް ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމުކަމަކަށް ވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތީ ފަތުރުވެރިކަމުގެ އެންމެ ޕީކް ސީޒަން ކަމަށާއި މި ވަގުތު މުޅި އިންޑަސްޓްރީގެ ދުވެލި ރަނގަޅަށް ބެހެއްޓުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355