twitterviber whatsapp telegramfacebookyoutube instagram
4th May 2026

ހިދުމަތަށް ބުރޫއެރީ ބޮޑު އަޕްގެރޭޑަކަށްފަހު: ބީއެމްއެލް

ޚަދީޖާ އާދަމް
Nov 29, 2021

ހިދުމަތަށް ބުރޫ އެރީ ބޭންކް އޮފް މޯލްޑިވްސް ގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި ސިސްޓަމް ތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ބޮޑު އަޕްގްރޭޑިން މަސައްކަތެއް ކުރި ފަހުންކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން ބުނީ, ކޯ ބޭންކިން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ބޮޑު މަސައްކަތް ނިންމާލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށާއި, އެއީ ވަރަށް ބޮޑު އަދި އެހާމެ އުނދަގޫ މަސައްކަތެއް ކަމަށެވެ.

ހިދުމަތް މެދުކެނޑޭ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ އަޕްގްރޭޑަށްފަހު ހިދުމަތްތައް މެދުކެނޑިގެން ދިޔުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކުރުމަތިވެދާނެ ކަމެއްކަމަށް ބީއެމްއެލްއިން ފާހަގަކުރި އެވެ.

ބީއެމްއެލްއިން ބުނީ ރާއްޖޭގައި ހިދުމަތް މެދުކެނޑިގެންދާނީ ކުޑަ މިންވަރަކަށް ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ސިސްޓަމަށް ދިމާވެދާނެ ކަމަކަށް ތައްޔާރުވެ ބޭންކުން ވަނީ ކުރިޔާލާ ކަސްޓަމަރުންނަށް އެކަން އަންގާފައި ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އަޕްގްރޭޑްގެ މަސައްކަތަށްފަހު ދޭތެރެދޭތެރެއިން ސިސްޓަމްތައް މެދުކެނޑުމުގެ މައްސަލަ ދިމާވަމުންދާ ކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355