twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޔާމީން މިނިވަންވުމަކީ ދިވެހި ގައުމަށް ލިބުނު މަތިވެރި ނަސްރެއް: އިހަވަންދޫ ކައުންސިލް

މުޙައްމަދު އަހުމަދު
Dec 1, 2021
1

ކުރީގެ ރައީސް އަބުދުﷲ ޔާމިންގެ މައްޗަށް ކުރެއްވި މަނީ ލޯންޑާ ކުރިކަމުގެ ކުށުން އެމަނިކުފާނު ސަލާމަތްވުމަކީ ދިވެހި ގައުމަށް ލިބުނު މަތިވެރި ނަސްރެއްކަމަށް ހއ. އިހަވަންދޫ ކައުންސިލުން ބުނެފި އެވެ.

" ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރެއްވި ހުކުމާއި ގުޅިގެން، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނަސްރާއި ފަތަހަ ފާހަގަކުރަނީ ދިވެހި ގައުމަށް ލިބުނު މަތިވެރި ނަސްރެއްކަމުގައި އެވެ." އިހަވަންދޫ ކައުންސިލްގެ ފަސް މެމްބަރުން ސޮއިކުރައްވާ ނެރުނު ބަޔާނުގައިވެ އެވެ.

އެ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފީ މައްސަލައިގައި 30 ނޮވެމްބަރު 2021 ވީ އަންގާރަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރެއްވި ހުކުމާއި ގުޅިގެން އެމަނިކުފާނަށް ލިބުނު ނަސްރާއި ފަތަހަ ފާހަގަކުރަނީ ދިވެހި ގައުމަށް ލިބުނު މަތިވެރި ނަސްރެއް ކަމަށެވެ.

އެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުވާކޮށް ދިވެހި ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެމައްސަލައިގައި ރައީސް ޔާމީނަށް އެކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކުރުމުން ކްރިމިނަލް ކޯޓުންކުރި ހުކުމަށް ތާއީދުކޮށްފައިވާތީ ސްޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް ކުރެއްވި މަސައްކަތް ކާމިޔާބުވެ އެމަނިކުފާނު ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ސްޕްރީމް ކޯޓުން ބާތިލްކޮށްފައިވާތީ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ރައީސް ޔާމީން ދިވެހި އުއްމަތަށް ދައްކަވައިދެއްވީ ނުހަނު ފުރިހަމަ ނަމޫނާ މިސާލެއް ކަމަށާއި ވަރަށް މަތިވެރި ދިވެހިވަންތަ ސިފަތަކެއް ކަމަށް އެކައުންސިލުގެ ބަޔާނުގައިވެ އެވެ.

އެގޮތުން ދިވެހި ދައުލަތާއި ދައުލަތުގެ މުއައްސަސާތަކުގެ އަމުރުވެރިކަން ނަގަހައްޓައި ދެމެހެއްޓެވީ އެތަންތަނުގެ ކަރާމާތަށް ބުރޫ ނާރާނޭހެން އިހްތިރާމްކުރާ ހާލު ކެތްތެރިކަމާއެކުގައިކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ހަމަ ހުރިހާ ކަމެއްގައިވެސް ރައީސް ޔާމީން ދެއްކެވީ މަކާރިމުލް އަހްލާގްގެ މަތިވެރި ސިފަތައް ކަމަށް ކައުންސިލުން ބުނެ އެވެ.

އެހެންކަމުން އެދެއްކެވި ނަމޫނާ މިސާލުތަކަކީ ދިވެހިން ދިވެހިންގެ ގޮތުގައި ދެމިތިބުމަށް ލިބުނު އަގުހުރި ފިލާވަޅުތަކަކަށްވުމުން އެއީ ދިވެހި ގައުމުގެ ދަރީން ފަހުރުވެރިވާންޖެހޭ ކަމެއްކަން އިހަވަންދޫ ކައުންސިލުން ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355