twitterviber whatsapp telegramfacebookyoutube instagram
14th June 2025
ADVERTISEMENT
ދަތުރުހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގައި މޭޔަރު އާތިފް ވާހަކަދައްކަވަނީ، ވިދާޅުވީ އަންނަ އަހަރު އެ ސަރަހައްދު އިތުރަށް ތަރައްގީކުރާނެކަމަށް--ކޭއޯފޮޓޯ

އަންނަ އަހަރު ދަތުރުހިޔާ ސަރަހައްދު އިތުރަށް ތަރައްގީކުރަން ފަށާނެ: މޭޔަރު

އަބްދުލް ވާހިދު ޙަސަން
Dec 1, 2021
5

ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުގައި މިއަދު ހުޅުވި ދަތުރުހިޔާ ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ކައުންސިލުން އިމާރާތްކުރި ދަތުރުހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ސިޓީ ކައުންސިލްގެ ވިސްނުމަކީ ދަތުރުހިޔަލާއި ގުޅިގެން ދެ ފަރާތްތަށް ޕޯޓް ޕަރވިލިއަނެއް ޑިޒައިންކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެކަމަށް މޭޔަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވީ އަންނަ އަހަރުގެ ތެރޭގައި އެމަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދާނެ." މޭޔަރު އާތިފް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި ފިނި މައިޒާންތަކެއް ހެދުމަށްވެސް ސިޓީ ކައުންސިލުން މިއަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައިވެސްވަނީ ފާސްކޮށްފަ އެވެ. އެގޮތުން ސިޓީ ކައުންސިލުން ނިންމާފައިވަނީ އުތުރު ބަނދަރު ސަރަހައްދުގައި ދަތުރުހިޔާ ދެ ފަރާތުގައި ފިނިމައިޒާނެއް ހަދަން ނިންމާފަ އެވެ.

އަދި އެކަމުގެ ކޮންސެޕްޓް ޑްރޯވިން އަދި ބީއޯކިއު ހެދުން އައުޓްސޯސް ކުރުމަށްވެސް އެ ޖަލްސާގައި ވަނީ މަޝްވަރާކޮށްފަ އެވެ. ގޮތެއް ނިންމުމަށް ވަނީ ބަހުސް ކޮށްފައެވެ. އެ ޖަލްސާގައި ވާހަގަ ދައްކަވަމުން މޭޔަރު އާތިފް ވިދާޅުވެފައިވަނީ ފިނިމައިޒާން ހަދަން ނިންމި ސަބަބަކީ އެ ސަރަހައްދަކީ ރަށުގެ މޫނުމަތިކަމަށް ވެފައި ދަތުރުވެރިން އައިސް މަޑުކޮށްލަން ދަތުރުހިޔާ ހުރިކަމުގައިވިޔަސް އެއްވުރެން ބޮޑުކޮށް އޯޕަން އެއާގައި ތިބެވޭނެ ހިތްފަސޭހަ މައިޒާނެއް އެތާގައި ހުންނަންޖެހޭނެ ކަމަށް ގަބޫލުކުރާތީ ކަމަށެވެ.

ނަން
ކޮމެންޓް
އަނގަ
މިހަމަ ހުސްއަނގަ....ވާކަމެއްނެއް
އިރުމަތި
އަބަދުވެސް ތަރައްގީ ކުރިޔަސް ނުކުރިޔަސް ތަރަށްގީ ކުރާނަމޭ ކިޔަނީވެސް ރަށުގެ ހުޅަނގު ފަރާތް.. އިރުމަތި ފަރާތް ކުނިކުރަންބާއްވާ. އެއީ ކުޅުދުއްފުއްޓެއްނޫން.
ޝަރުމީލާ
އެއްކަލަ އަޗާ ތަޅާ އާތިފު މިއުޅެނީ ދަތުރުހިޔާ ސަލަޑުގަނޑެއް މޮޑެއްތޯ؟؟
ޠޔޔހ
މޭޔަރު މިހާރުގެ ރެޑްކުރެސެންޓު އިމާރާތު ދެކުނުން އޮތް ބިމުގައި މިސްކިތެއް އަޅަން ވަރަށް ފެނޭ.
އައްްބެ
މިހާރު ހަދާނިމި ހަވާލުނުވެ އެއޮތީ ދެން ކީއްކުރާ ބަނދަރެއްް. އެއީ ރަށުގެ ފުށްކިބަތޯ؟. އެއިރުން މޫނުމަތީގައި ހެދި މައިޒާންތަކަށް ވާނެގޮތެއް ނޭނގޭ.
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com