ޒުވާނުން ތަމްރީނުކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި އެމްޑަބްލިއުއެސްސީ އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިސްނަގައިގެން ކުރިއަށް ގެންދާ 'ހުނަރު' ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެމްޑަބްލިޔުއެސްސީން ހިންގާ ފުރަތަމަ 02 ބެޗްގައި 17 ދާއިރާއަކުން 73 ޒުވާނަކަށް ފުރުސަތު ލިބިގެންދާނެއެވެ.
With the signing of MOU between MWSC and @MoYSCEmv, local youth will be offered industrial experience with 73 apprenticeship opportunities in 17 different fields at MWSC. ‘Hunaru’ National Apprenticeship Program is to kick-start this December#EkuveriMWSC pic.twitter.com/suvClS0jW7
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) December 1, 2021
މީގެ އިތުރުން އެމްޑަބްލިޔުއެސްސީގައި މިވަގުތު މަސައްކަތްކުރާ 15 މުވައްޒަފެއްވެސް މިޕްރޮގްރާމްގައި ބައިވެރިވެއެވެ. އެގޮތުން ޕްރޮގްރާމްގައި ކޮންމެ ބެޗެއްގެ ބައިވެރިން 06 މަސްދުވަހުގެ މުއްދަތަށް އެމްޑަބްލިޔުއެސްސީގައި މަސައްކަތްކޮށް ބައިވެރިވާ ދާއިރާގެ ހުނަރުތައް ޢަމަލީ ގޮތުން ދަސްކޮށް ތަމްރީން ވެގެންދާނެއެވެ. މިޕްރޮގްރާމް މިމަސްތެރޭގައި ފެށިގެންދާނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރައްވައެވެ.
06 މަސްދުވަހުގެ މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 3 ގެ ސްޓްފިކެޓް ލިބޭ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގަރާމްގައި ތަމްރީނުވާ ކޮންމެ ބައިވެރިއަކަށް ކަނޑައެޅިފައިވާ އުޖޫރައެއް އެލަވަންސްގެ ގޮތުގައި ލިބޭނެއެވެ.
މިއެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހްއެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއީލެވެ.