twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ނޯޑިކް ސަރަޙައްދުން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ވެބިނާއެއް ކުރިއަށް ގެންގޮސްފި

Dec 2, 2021

ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް ނޯޑިކް ސަރަހައްދުގެ ޓްރެވަލް ޓްރޭޑާއެކު ކުރިއަށް ގެންދިޔަ ވެބިނާއެއްގައި ހިއްސާކޮށްފިއެވެ.

މި ވެބިނާ ސީރީޒްގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތު ނޯޑިކް މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކާއި ފަތުރުވެރިންނަށް ފޯރުކޮށްދިނުން ކަމަށާއި، ރާއްޖެއަށް މި މާކެޓުގެ ފަތުރުވެރިންގެ މެދުގައި އޮންނަ މަގްބޫލުކަން އިތުރުކުރުން ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީން ވިދާޅުވީ މިއީ ނޯޑިކް މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ ވެބިނާ ސިލްސިލާއެއްގެ 2ވަނަ ސެޝަންކަމަށެވެ.

މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެތެރޭގައެވެ. އެ ސެޝަން ޚާއްސަކޮށްފައިވަނީ "ކަނެކްޓް ވިތް މޯލްޑިވްސް – ޔޯ ސޭފް ހޭވަން"ގެ މައުޟޫއަށެެވެ. ދެވަނަ ސެޝަން ބާއްވާފައިވަނީ "މޯލްޑިވްސް – އަ ސޭފް ހޭވަން ވިތް ޔުނީކް އެކްސްޕީރިއަންސަސް" ތީމްގެ ދަށުންނެވެ.

އެމްއެމްޕީއާރުސީން ދަނީ ރާއްޖޭގެ މަޤްބޫލްކަން އިތުރުކުރުމަށްޓަކައި އެކި މާކެޓްތަކުގައި ބާއްވާ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވަމުންނެވެ. އަދި ބައެއް މާކެޓުތަކަށް އަމާޒްކޮށް ވެބިނާ، ރޯޑްޝޯތަކާއި ފެމިލަރައިޒޭޝަން ޓްރިޕްތައް ބާއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355