twitterviber whatsapp telegramfacebookyoutube instagram
24th April 2024

ނެއްލައިދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރަން މަސްރޭހެއް ބާއްވަނީ

ނަބީލާ އިސްމާޢީލް
Dec 3, 2021

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ނެއްލައިދޫ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން އެ ރަށުގައި މަސްރޭހެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

ނެއްލައިދޫ ކައުންސިލުން ބުނީ މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން މިމަހު 09 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލަށް ހުށައެޅަންވާނެ ކަމަށެވެ. ފޯމް ހުށަހެޅަން ހަމަޖެހިފައިވަނީ އޮންލައިން ކޮށް ކައުންސިލުން އާންމުކޮށްފައިވާ ލިންކް މެދުވެރިކޮށެވެ.

މި ރޭސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަސްވެރިންގެ ދުވަހު ހަވީރު 16:00 ން ރޭގަނޑު 20:30އާ ހަމައަށް ކަމަށާއި މަސްރޭހުގައި ބައިވެރިވާ ޓީމްތަކުން މަދުވެގެން 4 މީހުން އަދި ގިނަވެގެން 6 މީހުންނަށް ބައިވެރިވެވޭނެ ކަމަށް އެއިދާރާއިން ބުނެއެވެ.

މި ރޭހުގައި ބައިވެރިވާ ޓީމް ތަކުގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފަވާއިރު އެންމެ ބަރު މަސް ބާނާ ފަރާތަކަށާއި އެންމެ މޮޅު ކެޔޮޅަށް ވެސް ފައިސާ އިނާމު ދިނުމަށްވަނީ ނިންމާފައެވެ. އެގޮތުން 1ވަނަ ޓީމަށް 3000 ރުފިޔާ، 2 ވަނައަށްދާ ޓީމަށް 1500 ރުފިޔާ، 3 ވަނަ ޓީމަށް 1000ރުފިޔާގެ އިތުރުން އެންމެ ބަރުމަސް އަދި އެންމެ މޮޅު ކެޔޮޅަށް 500 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކައުންސިލުންވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355