twitterviber whatsapp telegramfacebookyoutube instagram
6th October 2026

ޖުމްލަ ރިޒާވް 7 ޕަސެންޓް ދަށަށް

މުޙައްމަދު އަހުމަދު
Dec 4, 2021

2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާނަމަ އޮކްޓޫބަރު މަހު ރާއްޖޭގެ ޖުމްލަ ރިޒާވް ހަތް ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކުގެ އިކޮނޮމިކް އަޕްޑޭޓުގެ ނޮވެމްބަރުމަހުގެ ނަމްބަރުގައިވާ ގޮތުން ރާއްޖޭގެ އޮފިޝަލް ރިޒާވްގައި މިވަގުތު 947.6 މިލިއަން ޑޮލަރު ހުރިއިރު ސެޕްޓެމްބަރު މަހު މިއަދަދު 1 ބިލިއަން ޑޮލަރަށް އުފުލުނެވެ.

ޑޮލަރުގެ ރިޒާވް މަތިވެގެންދާ މައިގަނޑު އެއް ސަބަބަކީ ތަފާތު ގޮތްގޮތަށް ދައުލަތުން ނަގާ ދަރަނިތައް ދައުލަތުގެ މާލީއްޔާއަށް ޖަމާވުން ކަމަށްވާއިރު ޔޫޒަބަލް ރިޒާވްގެ މައުލޫމާތު ކުރިން އެމްއެމްއޭއިން އާއްމު ކުރެ އެވެ.

އެ މައުލޫމާތު މިހާރު އާއްމު ކުރުން ހުއްޓާލާފާވާއިރު މި ރިޒާވްގައި އާއްމު ގޮތެއްގައި ހުންނަނީ އެއްމަހާއި ދެމަހު ރާއްޖެއަށް މުދާ އިމްޕޯޓް ކުރަން ޑޮލަރު ގަނެވޭނެ ފައިސާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293