twitterviber whatsapp telegramfacebookyoutube instagram
29th March 2024

"އިންޑިއާ އައުޓް" ކެމްޕޭން ފުޅާކުރެއްވުމަކީ އެންމެ އިސްކަންދޭ ކަންތައް: ޔާމީން

މުޙައްމަދު އަހުމަދު
Dec 6, 2021

އިންޑިޔާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އަތޮޅުތެރޭގައި "އިންޑިއާ އައުޓް" ކެމްޕޭން ފުޅާކުރުމަށް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ މިވަގުތު މާލޭގައި ތިއްބެވި ކައުންސިލަރުންނާއި، ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންނާއި، ބައެއް ރަށްރަށުގެ އިސް ބޭފުޅުންނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެވެ.

މި ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން އެބޭފުޅުންނާ މަޝްވަރާ ކުރައްވާފައި ކަމަށާއި އެގޮތުން އިންޑިޔާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތައް އަތޮޅުތަކުގައި ފުޅާ ކުރުމަކީ އެންމެ އިސްކަންދެއްވާ ކަންތައް ކަމުގައި ވިދާޅުވި ކަމަށް އިދިކޮޅު ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ އިއްވި ޖަލު ހުކުމުން މިނިވަންވުމަށް ފަހު މިދިޔަ ހުކުރުދުވަހުގެ ރޭ ކާނިވަލުގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ވަރަށް އިންޑިއާގެ ނުފޫޒު ގަދަކޮށް، ބާރުވެރިކަން ހިންގަން މަސައްކަތްކުރާ ކަމަށާއި މިއީ އެ ގައުމުގެ އަވަށެއް ނޫން ކަމަށް އަދި މި ގައުމުގައި ތިބި އިންޑިއާގެ ސިފައިން ޖެހޭނީ ފައިބަން ކަމަށް ވިދާޅުވެފަ އެވެ.

މި ގައުމުން އިންޑިއާގެ ސިފައިންނަށް ޖާގަ އޮވެގެން ނުވާނެ ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ބައިތިއްބާފައި ވަނީ ހިޔާނާތްތެރި ރޭވުމެއްގެ ދަށުން ކަމަށާއި މިގައުމުގެ އަމަން ބަލަހައްޓަން މިތަނުގައި އިންޑިއާގެ ސިފައިން ތިބޭކަށް ނުޖެހޭނެ ކަމަށެވެ. އަދި އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަންކަމަށް ވެސް ޔާމީން ގޮވާލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355