ހދ. ކުމުންދޫ ހިމެނޭ ގޮތަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ 20 ރަށަކަށް ހެލްތު މިނިސްޓްރީން އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.
މީގެކުރިން ވެސް ހދ. ނޮޅިވަރަމް ހިމެނޭ ގޮތަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ 20 ރަށަކަށް ހެލްތު މިނިސްޓްރީން އެމްބިއުލާންސް ވަނީ ފޮނުވާފަ އެވެ. އެފަހަރު ހދ. މަކުނުދޫއަށް ވެސް އެމްބިއުލާންސް ފޮނުވާފައިވެ އެވެ.
އެގޮތުން އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެނެވިފައިވާ 20 އެމްބިއުލަންސް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މިއީ މިމަސައްކަތުގެ ދެވަނަ ބެޗެވެ.
އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ 20 އެމްބިއުލަންސް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ކުރިޔަށް ދަނީ. pic.twitter.com/KyJ4clhdP0
— Ministry of Health (@MoHmv) December 6, 2021
1. ހދ. ކުމުންދޫ
2. ށ. ބިލެތްފަހި
3. ށ. ނަރުދޫ
4. ނ. ފޮއްދޫ
5. ނ. ކުޑަފަރީ
6. ބ. ކެންދޫ
7. އއ. މަތިވެރި
8. އދ. މަންދޫ
9. އދ. ފެންފުށި
10. ފ. ފީއަލި
11. މ. ކޮޅުފުށި
12. ތ. ވަންދޫ
13. ތ. ބުރުނި
14. ތ. ދިޔަމިގިލި
15. ލ. ކުނަހަންދޫ
16. ގއ. ކޮލަމާފުށި
17. ގއ. ނިލަންދޫ
18. ގދ. ރަތަފަންދޫ
19. އއ. ބޮޑުފޮޅުދޫ
20. މ. ދިއްގަރު
މިއަހަރުގެ މޭ މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާއެކު ސަރުކާރުގެ ހަރަދުގައި އެމްބިއުލާންސް ގަންނަން އެއްބަސްވުމެއް ހެދި އެވެ. އަދި މި އަހަރުގެ ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެންނާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.