twitterviber whatsapp telegramfacebookyoutube instagram
28th March 2024

ނޮޅިވަރަމްގައި މަސްވެރިންގެ ދުވަސް ފާހަގަކުރަން މަސްރޭހެއް ބާއްވަނީ

ނަބީލާ އިސްމާޢީލް
Dec 6, 2021

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ނޮޅިވަރަމް ކައުންސިލުން އެރަށުގައި މަސްރޭހެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

ނޮޅިވަރަމް ކައުންސިލުން ބުނީ މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން މިމަހު 08 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލަށް ހުށައެޅަންވާނެ ކަމަށެވެ. ފޯމް ހުށަހެޅަން ހަމަޖެހިފައިވަނީ އޮންލައިން ކޮށް ކައުންސިލުން އާންމުކޮށްފައިވާ ލިންކް މެދުވެރިކޮށެވެ.

މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު މަހުގެ 10 ވަނަދުވަސް ނަމަވެސް އެ ދުވަހާއި ގުޅިގެން މި ރޭސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހު 9 ވަނަ ދުވަހު އެވެ. މަސްރޭހުގައި ބައިވެރިވާ ޓީމްތަކުން މަދުވެގެން 4 މީހުން އަދި ގިނަވެގެން 6 މީހުންނަށް ބައިވެރިވެވޭނެ ކަމަށް އެއިދާރާއިން ބުނެއެވެ.

މި ރޭހުގައި ބައިވެރިވާ ޓީމް ތަކުގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފަވާއިރު އެންމެ ބަރު މަސް ބާނާ ފަރާތަކަށާއި އެންމެ މޮޅު ކެޔޮޅަށް ވެސް ފައިސާ އިނާމު ދިނުމަށްވަނީ ނިންމާފައެވެ. އެގޮތުން 1ވަނަ ޓީމަށް 3000 ރުފިޔާ، 2 ވަނައަށްދާ ޓީމަށް 1500 ރުފިޔާ، 3 ވަނަ ޓީމަށް 1000ރުފިޔާގެ އިނާމު އަދި އެންމެ ބަރުމަސް ބާނާފަރާތުގެ އިތުރުން އެންމެ މޮޅު ކެޔޮޅަށް އަދި އެންމެ ގިނަ މަސްބޭނި ފަރާތަށް 500 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކައުންސިލުންވަނީ ބުނެފަ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ނެއްލައިދޫގައިވެސް އެ ރަށު ކައުންސިލާއި އަންހެނުންތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން މަސްރޭހެއް ބާއްވަން ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355