ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، (ވެމްކޯ)އިން އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޅުދުއްފުށީ ސިޓީއަށް ޑަސްބިން ހަދިޔާކޮށްފި އެވެ.
ވެމްކޯއިން ބުނީ ކުޅުދުއްފުށީ ސިޓީއަށް 10 ޑަސްބިން ހަދިޔާ ކުރެވުނުކަމަށާއި، މި ޑަސްބިންތައް ބޭނުން ކުރާނީ އެރަށުގެ ސްކޫލްތަކުގައި ކަމަށެވެ.
ޑަސްބިންތައް ހަވާލުކުރެވިފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. އެ ކުންފުނީގެ ފަރާތުން ޑަސްބިންތައް ހަވާލުކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ. ޑަސްބިންތަކާ ހަވާލުވެވަޑައިގަތީ ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ޔާސިރު އަބުދުއްލަތީފެވެ.
As part of our CSR goal, we have donated 10 dustbins to Kulhudhuffushi City Council today. These dustbins are to be placed in and used by the schools in the city. Through this initiative, we look forward to contributing to a cleaner Kulhudhuffushi. @AdamMhmd_ @kfcitycouncil pic.twitter.com/Ok5crPgBhn
— Waste Management Corporation Limited (WAMCO) (@WAMCOmv) December 7, 2021
ވެމްކޯއިން އަންނަނީ އެކި ރަށްތަކުގައި ގިނަދުވަސްވެ ޖަމާވެފައި ހުރި ކުނިތައް ހުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ކުޅުދުއްފުށީ ސިޓީގެ ކުނިކޮށި ހުސްކުރުމުގެ މަސައްކަތްވެސް ވެމްކޯއިން ދަނީ ކުރަމުންނެވެ. އަދި އަންނަ އަހަރު ކުޅުދުއްފުށީ ސިޓީގެ ކުނިކޮށި މެނޭޖްކޮށް ބެލެހެއްޓުމަށް ވެމްކޯއަށް ހަވާލުކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުންވަނީ ނިންމާފައެވެ.