ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ހާއްސަ އެޕްރެންޓެސްޝިޕް ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.
އެގޮތުން ވެމްކޯއިން ވަނީ ޔޫތު މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެ އެކަމާ ގުޅޭ އެމްއޯޔޫއެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
އެ އެމްއޯޔޫގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއީލް އެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް މުހައްމަދެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް ވެފައިވާ މި އެއްބަސްވުމުގެ ދަށުން ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން 29 ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ވެމްކޯ އިން ބުނެ އެެވެ.
މި ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްތަކަށް ފެތޭ ގޮތަށެވެ.
With the aspiration to contribute to the development of youth, a MOU was signed between WAMCO and @MoYSCEmv to train 29 individuals under the National Apprenticeship Program.
— Waste Management Corporation Limited (WAMCO) (@WAMCOmv) December 8, 2021
MD @AdamMhmd_ signed on behalf of WAMCO and State Minister Hussain Ismail signed on behalf of MOYSCE. pic.twitter.com/zczKX9b7h4