twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޭއާރުއެޗުގައި މިހާރު ތެލެސީމިއާ ޑީއެންއޭ ހެދޭނެ

ނަބީލާ އިސްމާޢީލް
Dec 9, 2021
2

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އާއި ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން (ޝީ) ގުޅިގެން ތެލެސީމިއާ ޑީއެންއޭ ޓެސްޓުގެ ހިދުމަތް އެ ހޮސްޕިޓަލުން މިއަދު ފަށައިފި އެވެ.

ތެލެސީމިއާ ޑީއެންއޭގެ ހިދުމަތަކީ ތެލެސީމިއާ ސްކްރީން މެދުވެރިކޮށް ނަތީޖާ ޔަގީން ނުވާ ފަރާތްތަކަށް ޝީގެ ފަރާތުން ދެމުންދާ ހިދުމަތެކެވެ.

ކޭއާރުއެޗްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދު ވިދާޅުވީ މިއީ ބައެއް ގޮންޖެހުންތަކާއެކު ނަމަވެސް ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމުގަ އެވެ. އަހުމަދު އިތުރަށް ވިދާޅުވީ މިހާރު ތެލަސީމިޔާ ޑީއެންއޭ ޓެސްޓް ހެދުމަށް އެ ކުރާ ދަތުރަށް ހަމަ ޔަޤީނުން ވެސް އެންމެ މަދުން ވެސް އާއިލާއަކަށް 10 ވަރަކަށް ހާސް ރުފިޔާ ހަރަދު ކުރަން ޖެހޭނެކަމަށެވެ.

އަދި އެކަމުގައި އެ ހޭދަ ކުރަން ޖެހޭ ފައިސާގެ އިތުރަށް، އެ ކުރަން ޖެހޭ ދަތުރާއި، އެކަމަށް ހޭދަވާ ވަގުތަށް މިކަމުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެން ދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ކޭއާރުއެޗްގެ މީޑިއާ އޮފިސަލް މުހައްމަދު މޫސާ ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޓެސްޓަކީ ޝީއާއި ގުޅިގެން ކުރިއަށްގެންދާ ހިދުމަތެއްކަމަށެވެ. މި ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން އެ ހޮސްޕިޓަލުގެ ވެބްސައިޓުގައިވާ ޑީއެންއޭ އެޕޮއިންޓްމެންޓް ފޯމް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެގޮތުން މި ޓެސްޓް ހެދުމަށް އެޕޮއިންޓްމެންޓް ހެދުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލުގެ ވެބްސައިޓް http://krh.gov.mv މެދުވެރިކޮށެވެ. އޭނާ ވިދާޅުވީ ވެބްސައިޓުން ހުށައަޅަން ޖެހޭ ފޯމްގެ އިތުރުން މި ޓެސްޓާ ގުޅޭގޮތުން އިތުރު މައުލޫމާތު ވެސް ލިބޭނެކަމަށެވެ.

މުހައްމަދު އިތުރަށް ވިދާޅުވީ މި ހިދުމަތަކީ އަގެއް ނަގައިގެން ޝީއިން ފޯރުކޮށްދޭ ހިދުމަތެއް ކަމަށެވެ. އެ ގޮތުން 1000 ރުފިޔާގެ ޕޭމަންޓެއް މި ހިދުމަތަށް ދައްކަން ޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ފެށުނު ހިދުމަތަކީ އެ ހޮސްޕިޓަލު ލެބުން ޑީއެންއޭއަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ރަނގަޅު ފެންވަރުގެ ޕެކިންގއެއްގައި ސާމްޕަލް މާލެ ފޮނުވުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.

މި ހިދުމަތާއެކު މިސަރަހައްދުން ތެލެސީމިއާ ޑީއެންއޭ ހަދަން ބޭނުންވާ ފަރާތްތަކަށް ލުއިތަކެއް ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355