twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޕަބުލިކް ވޯކްސްގެ ވެހިކަލްތަކުގެ މަރާމާތަށް ކައުންސިލުން އެއްލައްކަ ރުފިޔާ

އަބްދުލް ވާހިދު ޙަސަން
Dec 9, 2021
1

ކުޅުދުއްފުށީ ޕަބުލިކް ވޯރކްސްގައި ބޭނުންކުރަމުންދާ ވެހިކަލްތައް މަރާމާތުކުރުމަށް ސިޓީ ކައުންސިލުން އެއްލައްކަ ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ. ޕްލޭނިންގ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެ ސައިޓްގެ ގިނަ އަދަދެއްގެ ވެހިކަލްތައް މަރާމާތްތަށް ބޭނުންވެފައިވިޔަސް ބަޖެޓް ނެތުމުގެ ސަބަބުން ވަނީ މަރާމާތު ނުކުރެވި އެވެ.

އެހެންވުމުންގެ ސަބަބުން ވެލިމަގުތަކުގައި ވަޅުގަނޑުތައް ހެދި ވެލި ނޭޅި އަދި ސާފުނުކުރެވުމުގެ އިތުރުން ޕަބުލިކް ވޯކްސް ބޭނުންކޮށްގެން ކުރާ އެހެން މަސައްކަތްތައް އޮތީ ހުއްޓިފަ އެވެ. އެކަމުގެ ސަބަބުން ކޮންމެ ދުވަހަކުވެސް ކައުންސިލަށް ދަނީ ގިނަ ޝަކުވާތަކެއްވެސް ލިބެމުންނެވެ.

ޕަބުލިކް ވޯކްސްގެ ގުރޭޑަރު ގުރައުންޑްވެފައިވާތީ އެ ވެހިކަލް މަރާމަތުކޮށް ގޮތެއް ނިންމުމަށް މުނިސިޕަލް ކޮމެޓީން އެޖެންޑާކޮށް ބުދަ ދުވަހު ސިޓީ ކައުންސިލްގައި ކުރިއަށްގެންދިޔަ ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅައިދެއްވަމުން އެ ކޮމެޓީގެ މުގައްރަރު އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވީ، ގުރޭޑަރައަކީ ވެލިމަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެންމެ މުހިންމު އެއް ވެހިކަލްކަމަށްވާއިރު މަގުތަކުގެ ހާލަތު ދަށްވެ، އެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، މަރާމާތްތަށް ހަމައެކަނި ބޭނުންވެފައިވަނީ ގްރޭޑަރު އެކަނި ނޫން ކަމަށާއި އެތަނުގެ ގިނަ ވެހިކަލްތަކެއް މިހާރުން މިހާރަށްވެސް ވަރަށް ގިނަ މަރާމާތުތަކެއް ބޭނުންވެފައިވާ ކަމަށެވެ. އެހެންވުމުން ދެން ހުރި ވެހިކަލްތައްވެސް މަރާމަތުކުރުމަށް ބަޖެޓެއް ޕަބުލިކް ވޯކްސްއަށް ކަނޑައެޅުން މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން މުހައްމަދު ދާއުދޫ ވިދާޅުވީ، ޕަބުލިކް ވޯކްސް ނުހުއްޓި ބެކަޕް ޕްލޭނަކާއެކީގައި ކުރިއަށްދެވޭނެ ގޮތަކަށް ބަޖެޓެއް ފާސްކޮށް މަސައްކަތްކުރުން ވަރަށް މުހިންމުކަމެއް ކަމަށެވެ. އެހެންވުމުން އެތަކެތި މަރާމާތުކޮށް މަރާމާތަށް ބޭނުންވާ ބައެއް ޓޫލްސްތައް ހޯދުމަށް އެއްލައްކަ ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް އޭނާ ހުށަހެޅުއްވި އެވެ.

ބަހުސްގައި ވާހަކަ ދެއްކެވި އެހެން މެމްބަރުންވެސް މުހައްމަދުގެ ހުށަހެޅުމަށް ތާއިދުކުރައްވަމުން ވިދާޅުވީ، ޕަބުލިކް ވޯކްސްގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ގޮތަކަށް ކަންކަން ބައްޓަންކޮށް އެކަން އަވަސްކުރަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ. އެހެންވުމުން ޕަބުލިކް ވޯކްސްގެ ވެހިކަލްތައް މަރާމަތުކުރުމަށް މެމްބަރު މުހައްމަދު ހުށަހެޅިގޮތަށް ހުރިހާ މެމްބަރުންގެ އިއްތިފާގުންވަނީ ފާސްވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355