twitterviber whatsapp telegramfacebookyoutube instagram
14th October 2026

ކުޅުދުއްފުށީގައި 50 ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރަނީ

އަބްދުލް ވާހިދު ޙަސަން
Dec 10, 2021
3

އަންނަ އަހަރު ކުޅުދުއްފުށި ސިޓީގައި 100 ޓަނުގެ ސްޓޯރޭޖަކާއެކު 50 ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރާނެކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހު ރޭ މަސްވެރިންނަށް ބޭއްވި ޑިނަރ ނައިޓްގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، މި އައިސްޕްލާންޓަކީ ފެނަކަ އާއި ސިޓީ ކައުންސިލާ ގުޅިގެން ގާއިމުކުރަން ހަމަޖެހިފައިވާ އައިސްޕްލާންޓެއް ކަމަށެވެ.

އައިސްޕްލާންޓްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފެށޭނެކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ދެއްވާފައިވާކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި މި އައިސްޕްލާންޓް ވެގެންދާނީ އުތުރުގައި ގާއިމުކުރެވޭ އެންމެ ރަނގަޅު އައިސްޕްލާންޓަށް ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިސްޕްލާންޓް ގާއިމުކުރުމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަކަމަށާއި އެހެންކަމުން މެމްބަރު ޔާސިރައަށާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީއަށް މޭޔަރު ޝުކުރުއަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293