twitterviber whatsapp telegramfacebookyoutube instagram
4th May 2024

ޕްރައިމަރީ ހެލްތު ކެއާ ހަރުދަނާކުރަން ކިއުބާއާ އެކު އެއްބަސްވުމަކަށް

ނަބީލާ އިސްމާޢީލް
Dec 11, 2021

ރާއްޖޭގެ ޕަބްލިކް ހެލްތުގެ ދާއިރާ ވަރުގަދަކުރުމަށާއި ޑޮކްޓަރުން ހޯދުމަށް ރާއްޖޭގެ ހެލްތު މިނިސްޓްރީއާއި ކިއުބާގެ ހެލްތު މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހް އަބްދުﷲ މާހިރެވެ. ކިއުބާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތު ޑރ ހޯސޭ އެންހަލް ޕޯޓަލް މިރަންޑާ އެވެ.

އެ އެއްބަސްވުމުގެ ދަށުން، ރާއްޖެއަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ކިއުބާއިން ސްޕެޝަލިސްޓު ޑޮކްޓަރުން ފޮނުވާނެ އެވެ.

ސަރުކާރުން ނިންމާފައިވަނީ ބޮޑެތި ބަލިތަކަށް ކުރާ ހޭދަ ކުޑަކުރުމަށް އަންނަ އަހަރުން ފެށިގެން ޕަބްލިކް ހެލްތަށް ބޮޑު އިސްކަމެއްދޭށެވެ.

މި އެއްބަސްވުމުގެ ދަށުން ކިއުބާއާއި ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ކުރިއަރުވަން މަސައްކަތްކުރެވިގެންދާނެއެވެ. އަދި ރާއްޖޭގެ ޕްރައިމަރީ ހެލްތް ކެއާ ސިސްޓަމް އިތުރަށް ކުރިއެރުވުމަށް ވަނީ އެއްބަސްވެފައެވެ.

ޕްރައިމަރީ ހެލްތް ކެއާ ކުރިއެރުވުމަށް ރާއްޖެއަށް ބޭނުންވާ ވަރަށް، ހެލްތް ކެއާ ދާއިރާގެ ފަންނީ މީހުން ކިއުބާއިން ގެނައުން މި އެއްބަސްވުމުގައި ހިމެނެއެވެ. އަދި މީގެ ތެރޭގައި ގައިން ގަޔަށް ނާރާ ބަލިތައް ހުއްޓުވުމާއި، ގައިން ގަޔަށް އަރާ ބަލިތައް ހުއްޓުވުމަށް ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވާ ހެލްތް ކެއާ ޕްރޮފެޝަނަލުން ހޯދުންވެސް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355