twitterviber whatsapp telegramfacebookyoutube instagram
10th December 2025

ގަތަރު އެއާވޭސްގެ ދަތުރުތައް އިތުރުކޮށްފި

ޚަދީޖާ އާދަމް
Dec 14, 2021
1

ގަތަރު އެއާވޭސް އިން ފިނި މޫސުމާ ދިމާކޮށް ބައެއް މަންޒިލްތަކަށް ދަތުރުތަށް އިތުރުކޮށްފި އެވެ.

މި އެއާލައިނުން ވަނީ އިތުރު 18 މަންޒިލަކަށް ބާއްވާ ދަތުރުތައް އިތުރު ކޮށްފަ އެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ގެނެސްދޭ އެއް އެއާލައިނަކީ ގަތަރު އެއާވޭސްއެވެ.

ކޮވިޑް-19 އަށްފަހު އަލުން ބޯޑަރު ހުޅުވުމާއެކު ރާއްޖެއަށް އެންމެ ފުރަތަމަ ޖެއްސި އެއާލައިނަކީ ވެސް ގަތަރު އެއާވޭސް އެވެ. އަދި އަލަށް ފްލައިޓް އިތުރު ކުރި މަންޒިލްތަކާ އެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރު ވެގެންދާނެ އެވެ.

ގަތަރު އެއާވޭސް އިން ބުނީ ހަންމާދު އިންޓަނޭޝަނަލް އެއާޕޯޓް (އެޗްއައިއޭ) މައި ހަބެއްގެ ގޮތުގައި ބޭނުންކުރާ ގޮތަށް، އިތުރު ކޮށްފައިވާ މި ފްލައިޓްތަކުގެ ސަބަބުން އެކި ގައުމުތަކަށް ދާ މީހުންނަށް ލުއި ފަސޭހަ ވެގެން ދާނެ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގިނަ އަދަދެއްގެ މީހުން އުފުލައިދޭ އެއާލައިނުން ޔޫކްރެއިނަށް ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ. އަދި ތަޒަކިސްތާނާއި އުޒްބެކިސްތާނަށް އަންނަ މަހު ހަފުތާއަކު ތިން ފްލައިޓް ފަށާނެ އެވެ. މީގެ އިތުރުން ގަތަރު އެއާވޭސް އިން ވަނީ މިދިޔަ މަހު ކަޒަކިސްތާނުގެ އަލްމަޓީ އަށް ސީދާ އުދުހުންތަށް ވެސް ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355