twitterviber whatsapp telegramfacebookyoutube instagram
16th September 2026

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ތައްޔާރީ ފަށައިފި

ޚަދީޖާ އާދަމް
Dec 14, 2021

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމާއި ގުޅޭގޮތުން ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނެފި އެވެ.

އިންތިހާބީ ގޮޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބޭއްވުމަށް ކޮމިޝަންގެ މައްޗަށް ލާޒިމުކުރެއެވެ.

ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އަވަހާރަވީ ރޭގެ މެންދަމުގެ ވަގުތެއްގައެވެ. ހުސައިންގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ނަމާދަށް ފަހު އެވެ.

"އަވަސް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިދާރީ ގޮތުން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އަދި ފަސް ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބޭއްވުމާއި ގުޅޭގޮތުން އިއުލާނު ކުރާނެ ކަމަށެވެ.

އަދި ކޮމިޝަންގެ ރަސްމީ ޖަލްސާއެއް މާދަމާ އޮންނާނެ ކަމަށާ އެ ޖަލްސާގައި އެކަންކަމާއި ގުޅޭ މަޝްވަރާ ކުރައްވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293