twitterviber whatsapp telegramfacebookyoutube instagram
22nd March 2026

ވެކްސިން ޖެހުމުން ދިވެހީންނަށް ކަރަންޓީނު ނުވެ ސިންގަޕޫރަށް ދެވޭގޮތް ހަދައިފި

Dec 15, 2021

ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ ދިވެހީންނަށް ކަރަންޓީނު ނުވެ ސިންގަޕޫރަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ ދެ ޑޯޒް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަރަންޓީނު ވުމަކާނުލައި ސިންގަޕުރަށް ދަތުރު ކުރެވޭނެއެވެ.

މިގޮތަށް ހަމަޖައްސައިފައިވަނީ ރާއްޖޭގެ ޓްރާސްޕޯޓް މިނިސްޓްރީއާއި، ހެލްތު މިނިސްޓްރީގެ އިތުރުން ފޮރިން މިނިސްޓްރީއާއި ސިންގަޕޫރުގެ ޓްރާންސްޕޯޓު މިންސްޓްރީއާ އެކު ކުރި މަޝްވަރާގެ ތެރެއިންނެވެ. މިގޮތަށް ދަތުރު ކުރެވޭނީ ޓްރެވަލް ލޭނުގެ ދަށުން ހާއްސަ ކޮށްފައިވާ ފްލައިޓުތަކުން އެކަންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355