twitterviber whatsapp telegramfacebookyoutube instagram
19th February 2026

އެމެކްސް ކާޑުން ވިޔަފާރި ކޮށްގެން 50،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ނަބީލާ އިސްމާޢީލް
Dec 15, 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑުން ވިޔަފާރި ކޮށްގެން ނަސީބުވެރި ފަރާތަކަށް 50،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއީ ބީއެމްއެލްއިން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގައި ކަސްޓަމަރުގެ އިތުރުން މާޗަންޓުވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އައިފޯން 13 ޕްރޯ އެއް ލިބޭނެއެވެ. އޭގެ އިތުރުން، ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ މާޗަންޓަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެއެވެ.

މި ޕްރޮމޯޝަންގެ ގްރޭންޑު ޕްރައިޒެއްގެ ގޮތުން ކަސްޓަމަރާއި މާޗަންޓަށް 50،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބިގެން ދާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހު 12 އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހާ ހަމައަށެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތްތައް ބަލައިގަންނަ ބޭންކެވެ. އެގޮތުން، 30،000އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 މާޗެންޓުންނާ އެކު ބީއެމްއެލް އަކީ ރާއްޖޭގައި އެމެރިކަން އެކްސްކްލޫސިވް މެންބަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355