twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޝާމިލުކުރުމުގެ ސިޔާސަތަށް އަހުލުވެރިކުރުމުގެ ސަރަހައްދީ ބައްދަލުވުން ކުޅުދުއްފުށީގައި ފަށައިފި

- މި ބައްދަލުވުމުގައި ތިލަދުންމަތީގެ ސްކޫލުތަކުން ބައިވެރިވޭ
- 23 ރަށެއްގެ 25 ސްކޫލަކުން 41 މުވައްޒަފުން ބައިވެރިވި

އަބްދުލް ވާހިދު ޙަސަން
Dec 15, 2021

ޝާމިލުކުރުމުގެ ސިޔާސަތަށް އަހުލުވެރިކުރުމަށް ސަރަހައްދީ ފެންވަރުގައި ބާއްވާ މަސައްކަތު ބައްދަލުވުން ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފި އެވެ.

ބުދަ ދުވަހު ފެށި މި މަސައްކަތު ބައްދަލުވުމުގައި ތިލަދުންމަތީގެ 23 ރަށެއްގައި 25 ސްކޫލަކުން 41 މުވައްޒަފަކު ބައިވެރިވި އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދު ވިދާޅުވީ، މި ސަރަހައްދަކީ އާބާދީ ބޮޑު ސަރަހައްދަކަށްވާއިރު މި ސަރަހައްދުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ނިސްބަތް ވަރަށް މަތިކަމަށެވެ.

އެހެންނަމަވެސް ދާދި ފަހަކާ ޖެހެންދެންވެސް މިފަދަ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެކަމަށް ޖާމިނުވާ ފަރާތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިނުވާކަން ފާހަގަކުރައްވަމުން ޑޭވިޑް ވިދާޅުވީ، އެހެންނަމަވެސް އަދުގެ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ރަނގަޅު ހިދުމަތްތަކެއް ދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ސަރުކާރާއި ގުޅުން ހުރި ދާއިރާތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ތަފާތު އެކި ގިނަ މަސައްކަތްތަކެއް ކުރެވި ގިނަ ހިދުމަތްތަކެއް ތައާރަފުކުރެވިގެންދާކަމަށް ޑޭވިޑް ވިދާޅުވި އެވެ.

އެގޮތުން އޭނާ ވަނީ އެ ދާއިރާއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އަންނަ ކުރިއެރުންތައް ފާހަގަކުރައްވާ ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހަށް ޝުކުރުއަދާކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް، ދަރިވަރު ވަކިން އެކަހެރިކޮށް ކިޔަވައިދިނުމަށްވުރެ އިންކުލޫސިވް ނުވަތަ އެހެން ދަރިވަރުންނާ ޝާމިލުކޮށްގެން ކިޔަވައިދިނުމުން ދަރިވަރަށް އަންނަ ކުރިއެރުން އެ ސްކޫލުން ތަޖުރިބާކުރަމުންދާކަމަށެވެ.

ޔުނިސެފްގެ ބޮޑު އެހީތެރިކަމާއެކު ފެށި މި މަސައްކަތު ބައްދަލުވުން ރާއްޖޭގެ ދެކުނުގައިވެސް ކުރިއަށްދާނެ އެވެ. މި ބައްދަލުވުމުގައި ފެސިލިޓޭޓަރުންގެ ގޮތުގައި އިންކުލޫސިވް އެޑިއުކޭޝަންގެ ޓެކްނިކަލް ކޮމެޓީގެ ޗެއަރ އަބުދުﷲ ރަޝީދާއި ޑިޕާޓްމެންޓް އިންކުލޫސިވް އެޑިއުކޭޝަންގެ ބޭފުޅުންގެ އިތުރުން އިމާދުއްދީން ސްކޫލުގެ އިންކުލޫސިވް އެޑިއުކޭޝަންގެ ބޭފުޅަކާއި އައްޑޫ ސިޓީ މަރަދޫ ސްކޫލުގެ އިންކުލޫސިވް އެޑިއުކޭޝަންގެ ބޭފުޅެއް ބައިވެރިވަޑައިގަންނަވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355