twitterviber whatsapp telegramfacebookyoutube instagram
27th April 2024

އެމެކްސް ކާޑުން ވިޔަފާރިކޮށްގެން 50،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

މުޙައްމަދު އަހުމަދު
Dec 15, 2021

ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް ކާޑަށް ހާއްސަކޮށް ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ. މި ޕްރޮމޯޝަން އަކީ ބީއެމްއެލް އިން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަަރުން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން ކުރިޔަށްދާ ޕްރޮމޯޝަންއެކެވެ.

މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުގެ އިތުރުން މަރޗަންޓަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން ތިރީގައި މިވާ އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

1. ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯ އެއް ލިބޭނެ އެވެ.

2. ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ މަރޗަންޓް (ގުރުއަތުން ހޮވުނު ކަސްޓަމަރު ވިޔަފާރިކުރި ފަރާތް) އަށް 25،000 ރުފިޔާ ލިބޭނެ އެވެ.

3. މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ގެ ގޮތުގައި ކަސްޓަމަރާއި މަރޗަންޓަށް 50،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ 12 ޑިސެންބަރު 2021 އިން 8 ޖަނަވަރީ 2022 ގެ ނިޔަލަށެވެ. އަދި ޕްރޮމޯޝަންއާ ގުޅޭ އާންމު ޝަރުތުތައް ބޭންކުގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާނެ އެވެ.

300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާރޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބީއެމްއެލްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ އެކްސްކްލޫސިވް މެންބަރުވެސްމެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355