twitterviber whatsapp telegramfacebookyoutube instagram
23rd May 2026

އިންޑިޔާގައި ބާއްވާ ބައިސްކަލް ކޯޗިން ކޯހުގައި ދެ ދިވެހިން ބައިވެރިވެއްޖެ

ޚަދީޖާ އާދަމް
Dec 16, 2021

ސައިކަލް ފެޑަރޭޝަން އޮފް އިންޑިޔާއިން އިންތިޒާމް ކޮށްގެން ބާއްވާ ޔޫނިއަން ސައިކަލިން އިންޓަނޭޝަނަލް ލެވެލް 1 އަދި 2 ގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

މި އިވެންޓްގައި ބައިވެރިވެފައިވަނީ ބައިސިކަލް އެސޯސިއޭޝަން މޯލްޑިވްސް ޖެނެރަލް ސެކްޓެރީ އަސްމާ ހަސަނާއި، މެންބަރު މުހައްމަދު ޝާކިރެވެ. މި އިވެންޓް ކުރިއަށްދަނީ މިމަހު 14 ން 22 ނިއުލިއްދީ ގައެވެ.

ޔޫސީއައިގެ 1 އަދި 2 ގެ ކޯޗިން ކޯސް ކުރިއަށް ދަނީ އިންޑިޔާގެ ޔޫސީއައި ވޯލްޑް ސެޓެލައިޓް ސެންޓަރުގައެވެ. އަދި ސައިކަލިން ކޯޗިން ކޯސް ކުރިއަށް ދަނީ ދިއްލީގައި ހުންނަ އިންދިރާ ގާންދީ ސްޓޭޑިއަމް އެވެ.

މި ހަރަކާތުގައި އޭޝިޔާގެ 10 ގައުމަކުން 15 ފަރާތަކުން ބައިވެރިވެފައި ވެއެވެ. މިއީ މިފަދަ ޓްރެއިނިންއެއްގައި ރާއްޖޭން ބައިވެރިވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355